ކޯޓުގަ އޮތް މައްސަލަ "އެކްޓިވޭޓް"ކޮށް އައްބާސް ވަނީ ޒަމީރުގެ ގައިދީއަކަށް ހަދާފަ: މަލީހު

ކޯޓުގަ އޮތް މައްސަލަ "އެކްޓިވޭޓް"ކޮށް އައްބާސް ވަނީ ޒަމީރުގެ ގައިދީއަކަށް ހަދާފަ: މަލީހު

Author
ހުސެއިން
26 މާރޗް 2024 04:42
0

ޔާމިން ފަޅީގައި ހުންނެވުމަށްފަހު ސަރުކާރުން ވަޒީފާ ހަމަޖެއްސުމާއެކު، ވިސްނުން ބަދަލުކޮށް ރައީސް މުއިއްޒުއަށް މިހާރު ތާއީދު ކުރަން ފަށާފައިވާ އައްބާސް އާދިލް ރިޒާގެ ކޯޓުގަ އޮތް މައްސަލަ "އެކްޓިވޭޓް"ކޮށް، އޭނާ ޒަމީރުގެ ގައިދީއަކަށް ހަދާފައިވާ ކަމުގައި މަލީހު ޖަމާލް ވިދާލުވެއްޖެއެވެ.

އައްބާސް އާދިލް ރިޒާއަށް މެލޭޝިއާ އެމްބަސީން ވަޒީފާ ހަމަޖެއްސުމާއި ގުޅިގެން މަލީހު މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ކޯޓުގައި އޮތް މައްސަލަ އެކްޓިވޭޓްކޮށް އައްބާސް ޒަމީރުގެ ޤައިދީއަކަށް މިސަރުކާރުން ހެދުން އެއީ ދެރަވަރު ކަމެއް ކަމުގައެވެ.

މިސަރުކާރުގެ އެންމެ ބޮޑުވަޒީފައި ހުރީ ރައީސް ޔާމީންގެ ދަރުބާރުގައި ތުން ހަރައިގެން ހުރި މާކަނައެއް.ދެން އައްބާސް ވަޒީފާއެއް ޤަބޫލުކުރުމުގެ ގޯހެއްނެތްތާ! މައްސަލަޔަކީ ކޯޓުގައި އޮތް މައްސަލަ އެކްޓިވޭޓްކޮށް އައްބާސް ޒަމީރުގެ ޤައިދީއަކަށް މިސަރުކާރުން ހެދުން.އެއީ ދެރަވަރު ކަމެއް.

މަލީހު ޖަމާލްގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

އެނގިފައިވާ ގޮތުގައި މެލޭޝިއާ އެންބަސީން އޭނާއަށް ވަޒީފާ ހަމަޖައްސުމާއެކު އޭނާ މިހާރުވަނި ފޮރިން މިނިސްޓްރީއަށް ވަޒީފާއަށް ނިކުންނަން ފަށާފައެވެ. އަދި މިހާރު އޭނާ ގެންދަނީ، އެމްބަސީތަކަށް ފުރުމުގެ ކުރިން މިނިސްޓްރީން ބާއްވާ އޮރިއެންޓޭޝަންގައި ބައިވެރިވަމުންނެވެ.

އައްބާސް އާދިލް ރިޒާއަކީ ރައީސް މުއިއްޒު ވެރިކަަމަށް ވަޑައިގެންނެވުމަށްފަހު ރައީސް ޔާމިން ފަޅިގައި ހުންނަވާ ރައީސް މުއިއްޒުއަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި އެއް ބޭފުޅެކެވެ.

އަދި ރައީސް ޔާމިން ޕީޕީއެމްއިން އިސްތިއުފާ ދެއްވުމުގެ ކުރިން، އެޕާޓީ ހިންގަވަން ހޮއްވެވި ކޮމީޓިގައިވެސް އެންމެ އިސްކޮށް ހިމެނޭ ދެބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ އޭނާއެވެ.

އެހެންނަމަވެސް ރައީސް ޔާމިންގެ ޕީއެންއެފް އުފެއްދުމަށް ހުށަހެޅި ހިސާބުން އޭނާވަނީ މަންޒަރުން ގެއްލިފައެވެ.

އައްބާސްގެ މައްޗަށް ދައުލަތުން ވަނީ ފަނާކޮށްފާނެކަމުގެ ބިރުދެއްކުން ދައުވާ އެވެ.

އައްބާސްގެ މައްޗަށް މިދައުވާ އުފުލާފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ކްލަބްހައުސް ގައި މިދިޔަ ޑިސެމްބަރު 22 ވަނަ ދުވަހު ކުރީގެ ރައީސުލްޖުމްހޫރިއްޔާ  ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަނުޖެހިގެން ޕެޓްރޯލާއި، ވާބުރި ފަދަ ތަކެތި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވާތީ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.