މަޖިލިސް އިންތިޚާބުގައި ދާންދު ދާއިރާއަށް ވާދަކުރަމުންދިޔަ ނިޝާމާ، ފަންޑު ނެތުމުގެ ސަބަބުން ކެމްޕޭން ހުއްޓާލަން ނިންމައިފި

މަޖިލިސް އިންތިޚާބުގައި ދާންދު ދާއިރާއަށް ވާދަކުރަމުންދިޔަ ނިޝާމާ، ފަންޑު ނެތުމުގެ ސަބަބުން ކެމްޕޭން ހުއްޓާލަން ނިންމައިފި

Author
ހުސެއިން
26 މާރޗް 2024 12:13
0

ޖޭޕީގެ ޓިކެޓްގައި ވާދަކުރަމުންދިޔަ ނިޝާމާ، ފަންޑު ނެތުމުގެ ސަބަބުން ކެމްޕޭން ހުއްޓާލާ، ސަރުކާރު ކެނޑިޑޭޓަށް ތާއީދު ކުރަން ނިންމައުފިކަން އިއުލާން ކޮށްފިއެވެ.

އޭނާ އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ދާންދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރުމަށް އޭނާއަށް އިތުބާރު ކުރައްވަވައި، ޖޭޕީ ލީޑަރ ދެއްވި ފުރުޞަތައް ނިހާޔަތަށް ޝުކުރު އަދާ ކުރަމުގައެވެ. އަދި އިންތިޚާބު ފެށެން ކުޑަދުވަސްކޮޅަކަށް ވެފައި އޮއްވާ ދާއިރާއަށް ނިކުމެ، ކުރެވުނު މަސައްކަތުން ރައްޔިތުންގެ ލޯތްބާއި، އިޚްތިރާމާއި، އެއްބާރުލުން އަދި ތަރުޙީބު ލިބިފައިވާކަމަށް ގަބޫލު ކުރެވުނު ނަމަވެސް، އިންތިޚާބު ކާމިޔާބު ކުރުމަށް އިތުރަށް ވަރަށް ބޮޑެތި މަސައްކަތްތަކަކާއި ޚަރަދުތަކެއް ކުރަންޖެހޭކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

އަދި އޭނާ ވިދާޅުވީ ވަގުތު ނެތުމާއި އަދި ފަންޑްވެސް ނެތުމާއެކު، އެދެވޭ ނަތީޖާއެއް ލިބިދާނެކަމަށް އޭނާ އުއްމީދެއް ނުކުރެވޭ ކަމުގައެވެ.

އެހެންކަމުން، އެންމެ މަސްލަހަތު ހަމަޖެހޭނެގޮތެއް ކަމަށް މިހާލަތުގައި އަޅުގަނޑަށް ވިސްނެނީ މަޖިލިސް އިންތިޚާބު 2024 ދާންދޫ ދާއިރާއަށް، އަޅުގަނޑާއި އަދި އަޅުގަނޑަށް ތާއީދުކުރާ އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ސަރުކާރު ތަމްސީލުކުރާ ޕާޓީގެ ކެންޑިޑޭޓަށްދިނުމަށެވެ. ވީމާ މިގޮތަށް ނިންމި ވާހަކަ، އަޅުގަނޑަށް ހެޔޮއެދޭ އެންމެހާ ފަރާތްތަުގެ މަައުލޫމާތަށްޓަކާ ދެންނެވީމެވެ. ދާއިރާގެ ރައްޔިތުންނަށް އުފާފާގަތިކަމަށް އެދެން.

ނިޝާމާގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ނިޝާމާއަކީ ފެށުނީއްސުރެ ޖުމުހޫރީ ޕާޓީގައި ވަރަށް އިސްދައުރެއް އަދާކުރަމުން އައިސްފައިވާ ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.