ފުވައްމުލަކުގައި ޗުއްޓީ ހޭދަކުރަމުންދާ ފަތުރުވެރިއެއްގެ ތަކެތި ބަޔަކު ވަގަށް ގެންގޮސްގެން އޭނާ އެވާހަކަ ސޯޝަލް މީޑިއާގައި ހާމަ ކޮށްފިއެވެ. ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވޯޑިއޯގައި އޭނާ ބުނަނީ އޭނާގެ ދަބަހާއި ޑްރޯނެއް ވަގަށް ގެންގޮސްފައިވަނީ އޭނާ ޑުރޯން ދުއްވަން އުޅެފައި މޫދަށް އެރުން ގަޑީގައި ކަމުގައެވެ.
އޭނާ ކިޔާއިދޭ ގޮތުގައި އޭނާ ޑްރޯން ދުއްވަ ހުއްޓާ ދެ ކުއްޖަކު އޭނާގެ ގާތުގައި އެކަމާއި ބެހޭގޮތުން ސުވާލުކޮށްފައި ވެއެވެ.
އަދި އޭނާ ކިޔައިދިން ގޮތުގައި ގާތްގަޑަކަށް 3 މިނިޓެއްހާއިރު އުމުރުން 15 އަހަރާއި 17 އަހަރާއި ދެމެދުގެ ދެ ފިރިހެން ކުދިން އޭނާއާއި ވާހަކަ ދައްކަން ތިބެފައި އޭނާ ދެން އެރުނީ މޫދަށް ކަމުގައެވެ. އޭނާ ބުނި ގޮތުގައި ދަބަހާއި ޑްރޯން ގެންގޮސްފައިވަނީ އޭނާ މޫދަ އެރުނު ވަގުތުއެވެ.
އޭނާ ތުހުމަތު ކޮށްފައިވާ ގޮތުގައި ދަބަހާއި ޑްރޯން ގެންގޮސްފައިވަނީ އޭނާ މޫދަށް އެރެންދެން ފިލައިގެން ތިބި ބައެކެވެ.
ފަތުރުވެރިޔާ ބުނެފައިވަނީ އޭނާގެ ފޯނާއި ވޮލެޓުގެ އިތުރުން ސައިކަލު ތަޅުދަނޑި ވެސް އޮންނާނީ ވަގަށް ގެންދިޔަ ދަބަހުގެ ތެރޭގައެވެ. އޭގެ އިތުރުން އޭނާގެ ވޮލެޓުގައި 1،500 ދިވެހި ރުފިޔާގެ އިތުރުން 200 ޑޮލަރު އޮންނާނެ ކަމަށް ފަތުރުވެރިޔާ ބުނެއެވެ.
ފުލުހުން ބުނެފައިވަނީ އެމައްސަލާގައި ތުހުމުމަތު ކުރެވޭ މީހާ އެނގިފައިވާ ކަމަށާއި، އެމައްސަލަ ތަހުގީގު ކުރަމުންދާކަމުގައެވެ.
ކޮމެންޓު ފޮނުވާ