ރެސިޕީ 38: ސަބްމެރިން ސޯސް

ރެސިޕީ 38: ސަބްމެރިން ސޯސް

Author
ފާތިމަތު ނާވީ
30 މާރޗް 2024 09:31
0

ގޭގައި އަމިއްލަ އަށް ސޯސް ތައްޔާރު ކޮށްލުމަކީ މިހާރު މާބޮޑޫ ކަމެއް ނޫނެވެ. އަދި ގިނަ މީހުން މިހާރު ބޭނުން ކުރަނީ އަމިއްލަ އަށް ތައްޔާރު ކުރާ ސޯސްއެވެ. ހާއްސަކޮން ސަބްމެރިން ސޯސް އަކީ ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭ އެއްޗެއްކެވެ.

ބޭނުން ވާނެ ތަކެތި: 

  • 4 މޭޒުމަތީ ސަމްސާ މަޔޮނައިސް
  • 1/2 މޭޒުމަތީ ސަމުސާ މަސްޓަޑް ކްރީމް
  • 1 މޭޒުމަތީ ސަމުސާ ޗިލީ އެންޑް ގާލިކް ސޯސް
  • 1/3 މޭޒުމަތީ ސަމުސާ އަސޭމިރުސް ޕައުޑަރު
  • 1/3 މޭޒުމަތީ ސަމުސާ ލޮނު
  • 1/4 މޭޒުމަތީ ސަމުސާ ހަކުރު

ތައްޔާރު ކުރާނެ ގޮތް:

ހުރިހާ އެއްޗެއް ތައްޓަކަށް އެޅުމަށްފަހު ހުރިހާ އެއްޗެއް ސަމްސަލަކުން ވަރަށް ރަނގަޅަށް މިކްސް ކޮށްލާށެވެ. މިކްސް ކޮށް ނިމޭ އިރުގައި ހުންނާނީ ސޯސްގަނޑަކަށް ވެފައިއެވެ. މިހާރު ހުންނާނީ ސަބްމެރިން ސޯސް ތައްޔާރު ވެފައިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.