ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ ކެމްޕޭންގައި، މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް މިއަދު ގއ. މާމެންދުގައއި އުޅެނިކޮށް އޭނާއަށް ހަމަލާދިން މައްސަލާގައި އެކަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުނެވިއެވެ.
އެނގިފައިވާ ގޮތުގައި ނަރީޝްއަށް ހަމަލާ ދީފައިވަނީ އޭނާ ކެމްޕޭނަށް މިއަދު ގއ. މާމެންދޫއަށް ވަޑައިގަތުން އެމްޑީޕީގެ އެކްޓިވިސްޓުނާ ދެމެދު ހިނގި ޒުވާބެއްގައެވެ. އޭނާ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އެ ޒުވާބުގެ ތެރޭގައި ފަހަތުން އައި މީހަކު އޭނާގައި ގޮށްމުށްކަވާފައި ދެފަހަރަކަށް ޖަހާފައި ވާކަމަށެވެ.
ފުލުހުން ބުނެފައިވަނީ ނަރީޝްއަށް ހަމަލާދީފައިވާކަމުގެ މައުލޫމާތު މިއަދު ހަވިރު 17:00 ހާއިރު ލިބިފައިވާކަމަށެވެ.
ނަރީޝްއަސް ދިން ހަމަލާއާއި ގުޅިގެން އޭނާއަށް އަނިޔާވިކަމުގައި މައުލޫމާތު ލިބިފައެއް ނުވެއެވެ. އަދި އެ ހަމަލާއާއި ގުޅުންހުރި އިތުރު މައުލޫމާތު ފުލުހުން ދީފައެއް ނުވެއެވެ.
ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.