ޕާސްޓާގެ ބާވަތް ތަކަކަކީ ދިެވެހިންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ. މިއަދު މި ގެނެސްދެނީ ވައިޓް ސޯސް ޓޫނާ ތައްޔާއު ކުރާނެ ގޮތެވެ. މީ ވަރަށް ފަސޭހައި ތައްޔާރު ކުރެވޭނެ އެއްޗެކެވެ. އަދި ކުދިވެރިންނަށް ވެސް ކަމުދާނެ އެއްޗެކެވެ.
ބޭނުންވާނެ ތަކެތި:
- 250 ގްރާމް ޕާސްޓާ (ކައްކައިފައި)
- 1 ޖޯޑު ފިޔާ (ޗޮޕް ކޮށްފައި)
- 2 ލޮނުމެދު (ޗޮޕްކޮށްފައި)
- 2 މޭޒުމަތި ސަމުސާ ފުއް
- 1 ދަޅު ގިތެޔޮ މިރުސް މަސްދަޅު
- 4 ބޭބީ ކޯން
- 1/2 ޖޯޑު ކިރު
- 4 ފޮތި ޗީޒް
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ފިޔާ އަދި ލޮނުމެދު ކޮޅު އަޅައި މަސްދަޅުގެ ތެޔޮ ކޮޅު އަޅައިގެން ހަނާ ކޮށްލާށެވެ. ދެން ބޭބީ ކޯންކޮޅު އަޅައިލާށެވެ. ދެން މަސްދަޅު އަޅައި ކައްކައިލުމަށް ފަހު ފުއްކޮޅު އަޅާށެވެ. ދެން ކިރުކޮޅު އަޅައި ރަނގަޅަށް ކައްކައިލާށެވެ. ދެން ޗީޒް އަޅައި މެލްޓް ކޮށްލުމަށް ފަހު ޕާސްޓާ ކޮޅު އަޅައި ރަނގަޅަށް ކައްކައިލާށެވެ. މިއީ ތާޒާ ކޮށް ތައްޔާރު ކޮށްލައިގެން ކާލަން ވަރަށް މީރު އެއްޗަކަށް ވާނެއެވެ.