އިލެކްޝަންސް ކޮމިޝަންގެ އާ ވެބްސައިޓް ބޭނުން ކުރަން ފަށައިފި

އިލެކްޝަންސް ކޮމިޝަންގެ އާ ވެބްސައިޓް ބޭނުން ކުރަން ފަށައިފި

Author
ހުސެއިން
17 މާރޗް 2024 01:30
0

އިލެކްޝަންސް ކޮމިޝަން (އީސީ)އިން އެކޮމިޝަންގެ އާ ވެބްސައިޓް ބޭނުން ކުރަން ފަށައިފިއެވެ.

އީސީން ބުނެފައިވަނީ ކޮމިޝަނުގެ މަސައްކަތްތަކާގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ފަސޭހައިން ލިބޭނެގޮތަށް ފަރުމާކޮށްފައިވާ އެ ކޮމިޝަނުގެ އައު ވެބްސައިޓުގެ ޚިދުމަތް މިއަދުން ފެށިގެން ލިބެމުންދާނެ ކަމުގައެވެ.

މި ވެބްސައިޓް ފަރުމާ ކޮށްފައިވަނި ޚަބަރާއި މައުލޫމާތު ފަސޭހައިން އާންމުންނަށް ލިބޭ ގޮތަށް، އެކޮމިޝަންގެ އެންމެ ފަހުގެ މަސައްކަތްތަކުގެ ޚަބަރުތައްވެސް އަޕްޑޭޓްވަމުންދާ ގޮތަށެވެ.

އިލެކްޝަންސް ކޮމިޝަނުން އެ ކޮމިޝަންގެ އާ ވެބްސައިޓް މިއަދު ބޭނުން ކުރަން ފެށިއިރު އެކޮމިޝަނުން ގެންދަނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ތައްޔާރު ވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިހާބުކުރާނެއެވެ. މި އިންތިހާބުގައި ސިޔާސީ ޕާޓީތަކާއި ޕާޓީތަކަށް ނިސްބަތްނުވާ ބޭފުޅުން ހިމެނޭގޮތަށް ޖުމްލަ 371 ކެންޑިޑޭޓުން ވާދަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.