ކެނޑިޑޭޓުންގެ އިންތިޚާބީ ހައްގަށް އުނިކަން އަންނަ ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފި

ކެނޑިޑޭޓުންގެ އިންތިޚާބީ ހައްގަށް އުނިކަން އަންނަ ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފި

Author
ހުސެއިން
16 މާރޗް 2024 09:23
0

ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރާ އެއްވެސް ކެނޑިޑޭޓެއްގެ އިންތިޚާބީ ހައްގަށް އުނިކަން އަންނަ ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފިއެވެ.

އީސީން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި މިއަދު ކެނޑިޑޭޓުންނަށް ހަނދާން ކޮށްދީފައިވަނީ އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނުގެ 29 ވަނަ މާއްދާގެ ށ ގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްޤަކަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤަވާއިދު 2024 ގެ 24 ވަނަ މާއްދާގެ ހ ގެ 7 ވަނަ ނަންބަރުގައި ތާއީދު ހޯދުމުގެ ގޮތުން ކެންޑިޑޭޓަކު ނުވަތަ އޭނާ ނިސްބަތްވާ ޕާޓީއަކުން ނުވަތަ އެ ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު ބަހައްޓާ ޕޯސްޓަރު ނުވަތަ ނިޝާން ނުވަތަ އެ ކެންޑިޑޭޓަކު ރަމްޒުކޮށްދޭ އެފަދަ އެހެންވެސް އެއްޗެއް، އެހެން ކެންޑިޑޭޓަކަށް ނުވަތަ އެހެން ކެންޑިޑޭޓަކަށް ތާއިދުކުރާ ބަޔަކު ނައްޓާ ހަލާކުކޮށް ގެއްލުންދީގެން ނުވާނެ ކަމަށް ބުނެފައިވާކަމަށްވެސް އީސީން ބުނެފައި ވެއެވެ.

ރާއްޖޭގައި ބޭއްވޭ އިންތިޚާބުތަކުގައި ކެނޑިޑޭޓުންގެ ޕޯސްޓަރ ތަކަށާއި ބެނަރތަކަށް ގެއްލުން ދިނުމަކީ އާންމު ކަމެކެވެ. އަދި ކުރިޔަށްދާ މަޖިލިސް އިންތިޚާބުގެ ކެމްޕޭންގައިވެސް ބައެއް ކެނޑިޑޭޓުންގެ ގަޔަށް  ކަޅުތެޔި ޖަހުމާއި އަދި ބިލްބޯޑުތަކަށް ގެއްލުންދިނުންފަދަ އަމަލްތައް ވަނީ ހިންގާފައެވެ. މިކަން ކެނޑިޑޭޓުންވަނީ ޕޮލިހަށްވެސް ހުށަހަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.