ވައިޓް ސޯސް ގެ ތަފާތުގެ ބާވަތް ތަކަކީ ދިވެހިންގެ މެދުގައި ވަރަށް މަގޫބޫލު ބާވަތްތަކެކެވެ. ވައިޓް ސޯސް ގެ ޕާސްޓާ އާއި ޓުނާ އަދި ސްޕެގެޓީ ވެސް އެއީ ވަރަށް މަގުބޫލު ބާވަތްތަކެކެވެ.
މިއަދު މި ގެެނެސްދެނީ ވައިޓް ސޯސް ޗިކަން ތައްޔާރު ކުރާ ގޮތެވެ. މިވައްތަރުގެ ޗިކަން އާއި އެކުގައި ބަތް ނުވަތަ ޕާސްތާ ރަނގަޅުވާނެއެވެ. މީ ރޯދަ ވިއްލާ ގަޑިގައި އަދި ތަރާވިހް ގަޑީގައިވެސް ރަނގަޅު އެއްޗަކަށް ވާނެއެވެ.
ބޭނުންވާނެ ތަކެތި:
- 2 ޗިކަން ބްރެސްޓް
- 1/4 ސައި ސަމުސާ ގާލިކް ޕައުޑަރު
- 1 މޭޒުމަތީ ސަމުސާ އޮލިވްއޮއިލް
- 3 މޭޒުމަތީ ސަމުސާ ބަޓަރު
- 1 ޗިކަން ކިއުބް (1 ޖޯޑު ފެނުގައި މިކްސް ކޮށްލާފައި)
- ޕިންޗް އޮފް ހާބް
- ފިންޗް އޮފް ޕެޕާ ޕައުޑަރު
- ލޮނު
- 2 މޭޒުމަތީ ސަމުސާ ފުއް
- 1/2 ޖޯޑު ހެވީ ކްރީމް
- ޕާސްލޭ (ޗޮޕްކޮށްފައި، އޮޕްޝަނަލް)
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ޗިކަން ބްރެސްޓްގައި އުލަކުން ހަރައި ލާށެވެ. މުޅި ޗިކަން ބްރެސްޓްގައި ލޯވަޅު އެޅުމުން ލޮނު ކޮޅަކާއި ޕެޕާ ކޮޅެއް އަޅައި ރަނގަޅަށް މިކްސް ކޮށްލުމަށްފަހު 30 މިނިޓް އަށް މެރިނޭޓް ކުރާނީއެވެ. މެރިނޭޓް ވުމުން އަވަން ގައި ފެހެލާށެވެ.
ތަވާ އުދުން މައްޗަށް އުދުމަށްފަހު ތެޔޮ އަދި ބަޓަރު އަޅާށެވެ. ހޫނު ވުމުން ފުއްކޮޅު އަޅައި ރަނގަޅަށް މިކްސް ކޮށްލާށެވެ. ދެން ޗިކަން ކިއުބް ކޮޅު އަޅައި ރަނގަޅަށް ކައްކާލުމަށްފަހު ފިހެލި ޗިކަން އަޅާށެވެ. އޮލަވާ ވަރަށް ކެކުމުން ހާބް، އަދި ޕެޕާ އަޅައި ލޮނު ހެޔޮވަރު ކޮށްލާނީއެވެ. ދެން އުދުން ނިންވާލުމަށްފަހު ހެވީ ކްރީމް ކޮޅު މައްޗަށް އަޅައިލާ ޕާސްލޭ ކޮޅު ބުރުވާލާށެވެ.