ޕާސްޓާ އަކީ ދިވެހިންގެ އާންމު ދިރިއުޅުމުގައި ވަރަށް ގިނައިން ބޭނުން ކުރާ އެއްޗެކެވެ. އާންމު ކޮށް ހާއްސަ ދުވަސް ދުވަހުގެ ސުފުރާ ފަޅު ފިލުވައިލުމަށް މީ އާންމު ބާވަތެކެވެ.
ބޭނުން ވާނެ ތަކެތި:
- 1/2 ޕެކެޓް ޕާސްޓާ (ޕެނޭ) (ކައްކާފައި)
- 2 ޖޯޑު ޕާސްޓާ ސޯސް
- 1 ދަޅު ގިތެޔޮ މިރުސް މަސްދަޅު
- 1 ޖޯޑު މޮޒެރެލާ ޗީޒް
- 6 ފޮތި ޗީޒް ސްލައިސް
- ލޮނު
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ތަވާ އުދުން މައްޗަށް އުދާލުމަށްފަހު ގިތެޔޮ މިރުސް މަސްދަޅު އަޅައިލާށެވެ. މަސްދަޅު ރަނގަޅަށް ހަނާ ކޮށްލުމަށްފަހު ޓޮމާޓޯ ސޯސް އަޅައި ރަނގަޅަށް ކައްކައި ލާށެވެ. ދެން ޕާސްޓާ ކޮޅު އަޅައި ރަނގަޅަށް މިކްސް ކޮށްލާށެވެ. ހަދާން ކުރަންވީ ކަމަކީ ޕާސްޓާ ކައްކާ އިރުގައި ތެޔޮ އަދި ލޮނު ކޮޅެއް އެޅުމެވެ.
ދެން ޓްރޭއަށް ޕާސްތާ ގެ އެއްބައި އަޅައި މޮޒެރެލާ ޗީޒް ގެ އެއްބައި އަޅާލާށެވެ. ދެން ޕާސްޓާ ގެ ބާކީ ބައި އަޅައި ޗީޒް ސްލައިސް ތަށް އަތުރާ ލުމަށްފަހު ބާކީ ހުރި މޮޒެރެލާ ޗީޒް ކޮޅު އަޅައިލާށެވެ. ދެން އަވަނަށް ލައި ފިހެލާށެވެ. ޗީޒް ކޮޅު މެލްޓް ވުމުން އަވަނުން ނަގާށެވެ. މިހާރު ހުންނާނީ ބޭކްޑް ޕާސްޓާ ތައްޔާރު ވެފައިއެވެ.