މަޖިލިސް އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ސުންގަޑި މިއަދުގެ 3:00އަށް ހަމަވާނެއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ސުންގަޑި މިއަދަށް ހަމަވާތީ، ފަހު ވަގުތަށް މަޑުނުކޮށް އަވަހަށް ރީ-ރަޖިސްޓަރ ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ވަނީ ހަނދާންކޮށްދީފައެވެ.
އީސީން އިއްޔެ ބުނެފައި ވަނީ، ވޯޓުލުމަށް 4000އަށް ވުރެ ގިނަ މީހުންނަށް ރީ ރަޖިސްޓްރީކޮށްދީފައިވާ ކަމަށެވެ. އެގޮތުން ރަޖިސްޓްރީވާން ހުޅުވާލި ފުރުސަތުގެ ތެރެއިން ބުރާސްފަތި ދުވަހުގެ މެންދުރާއި ހަމައަށް 5202 ފޯމު ހުށަހެޅި ކަމަށް އީސީން މައުލޫމާތު ދެއެވެ.
ނަމަވެސް އޭގެ ތެރެއިން އެކި ސަބަބުތަކާ ހުރެ 484 ފޯމު ރިޖެކްޓްކުރި ކަމަށާއި އަދި ރީ ރަޖިސްޓްރީކޮށްދިނީ 4718 މީހުން ކަމަށް އީސީން ބުންޏެވެ.
ކޮމެންޓު ފޮނުވާ