ޗޮކްލެޓް ބޯލް އަކީ ވަރަށް ރީތިކޮށް ގަނޭޝް ކޮށްލައިގެން ތައްޔާރު ކޮށްލެވިދާނެ ވަރަށް މީރު ފޮނި ކާއެއްޗެކެވެ. މީ ފަސޭހައިން އަވަހަށް ތައްޔާރު ކޮށްލެވިދާނެ އެއްޗެކެވެ. ރޯދަ މަހުގެ ސުފުރާ ފަޅުފިލުވައިލުމަށް ތައްޔާރު ކޮށްލެވިދާނެ މީރު އެއްޗެކެވެ.
ބޭނުންވާނެ ތަކެތި:
- 1 ޖޯޑު ޕީނަޓް ބަޓަރު
- 3/4 ޖޯޑު ކޮންފެކްޝަނާސް ޝުގާ
- 1 ޖޯޑް ގްރަހަމް ކްރެކާ (ޕައުޑާ ކޮށްފައި)
- 1 ޖޯޑު ސެމީ ސްވީޓް ޗޮކްލެޓް ޗިޕްސް
- 1/2 ޖޯޑު ސްވީޓް ޗޮކްލެޓް (ކަމުދާ ވައްތަރެއް)
ތައްޔާރު ކުރާނެ ގޮތް:
ތައްޓެއަގައި ކޮންފެކްޝަނާސް ޝުގާ އަދި ޕީނަޓް ބަޓާ ކޮޅު މިކްސް ކޮށްލާށެވެ. ރަނގަޅަށް ސުމޫތު ވުމުން ގްރަހަމް ކްރެކާ ކޮޅު އަޅައިލާށެވެ. އެއަށް ފަހު ރަނގަޅަށް މިކްސް ކޮށްލާ ޑޯ ގަނޑެއް ހަދާށެވެ. ދެން އެއަށް ފަހު ކުދި ކުދި ބޯލްސް ހަދައިލާށެވެ.
ދެވައްތަރުގެ ޗޮކްލެޓް މެލްޓް ކޮށްލާށެވެ. އެއަށް ފަހު ހެދި ބޯލްސް ތަށް ފަހަރު ބޯލް އެއް އެގައި ޗޮކްލެޓް ކޯޓެއް ލައިފައި ޓްރޭގައި އަތުރަމުން ދާށެވެ. ހުރިހާ ބޯލް އެއްގައި ޗޮކްލެޓް ކޯޓް ލެވުމުން ޓްރޭ ފްރިޖުގެ ގަނޑު ކުރާ ބަޔަށް ލައި ރަނގަޅަށް ޗޮކްލެޓް ގަނޑު ސެޓް ކޮށްލާށެވެ. ޗޮކްލެޓް ގަނޑު ހަރުވުމުން ހުންނާނީ ޗޮކްލެޓް ބޯލް ތައްޔާރު ވެފައިއެވެ.