ނައިބު ރައިސް ގޮވާލެއްވީ ހަގީގަތެއް ނެތް ވާހަކަ ފަތުރައި މުޖުތަމައު ފަސާދަނުކުރުމަށް

ނައިބު ރައިސް ގޮވާލެއްވީ ހަގީގަތެއް ނެތް ވާހަކަ ފަތުރައި މުޖުތަމައު ފަސާދަނުކުރުމަށް

ހަގީގަތެއް ނެތް ދޮގު ވާހަކަތައް ފަތުރައި މުޖުތަމައު ފަސާދަނުކުރުމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ.

ނާއިބު ރައީސް ސެމްބެ މިކަމަށް ގޮވާލެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖާސޫސްކުރައްވާތީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހިލާލީގެއިން ނިކުމެވަޑައިގެން ހުޅުމާލޭގެ އަމިއްލަ ފްލެޓަކަށް ބަދަލުވެވަޑައިގެންނެވި ވާހަކަ ދޮގު ކުރައްވާ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އަޑު ފަތުރާފައިވަނީ، ނާއިބު ރައީސް ސެމްބެ މުލިއާގެ ދޫކުރައްވާ ހުޅުމާލެއަށް ބަދަލުވެވަޑައިގެންނެވީ، މުލިއާގޭގެ ޗީފް އޮފް ސްޓާފަކަށް ރައީސް މުއިއްޒުގެ ތިމާގެ ބޭފުޅަކު ހަމަޖައްސަވައިގެން ޖާސޫސް ކުރައްވަމުން ދާތީ ކަމުގައެވެ.

އެކަމާއި ގުޅޭގޮތުން ސެމްބެ ކުރި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އެއީ ހަގީގަތެއް ނެތް ޚަބަރެއް ކަމަށާއި، ދޮގުހަދާ މުޖުތަމައު ފަސާދަކުރުން ހުއްޓާލަންޖެހޭ ކަމަށެވެ.

ފާއިތުވި ހުރިހާ ދައުރެއްގައިވެސް ރާއްޖޭގެ ނައިބު ރައީސުން ދިރިއުޅުއްވާފައިވަނީ ހިލާލީގޭގައެވެ. މިހާރުގެ ނައިބު ރައީސް ސެމްބެ ހިލާލީގެއަށް ބަދަލުވުމުގެ ކުރިން އެގެ މަރާމާތު ކޮށްފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *