ރައީސް، ރަމަޟާން މަހުގެ ތަހުނިޔާ އިސްލާމީ ގައުމުތަކުގެ ވެރިންނަށް ފޮނުއްވައިފި

ރައީސް، ރަމަޟާން މަހުގެ ތަހުނިޔާ އިސްލާމީ ގައުމުތަކުގެ ވެރިންނަށް ފޮނުއްވައިފި

Author
އަހުމަދު
11 މާރޗް 2024 01:41
0

ހިޖުރައިން 1445 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމާއެކު، ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިސްލާމީ ގައުމުތަކުގެ ވެރިންނަށް ފޮނުއްވައިފިއެވެ.

މި މުނާސަބަތުގައި ‏ރައީސް ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ‏‏‏ރައީސްގެ އަމިއްލަ ނަންފުޅުގައި، އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި، އިސްލާމީ ގައުމުތަކުގެ އެންމެހައި އަޚުންނާއި އުޚުތުންނަށް މި ބަރަކާތްތެރި މައްސަރުގެ ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ.

‏‏‏ރައީސް ފޮނުއްވި މެސެޖުގައި، މި ފެށުނު ރަމަޟާން މަހަކީ ގައުމުތަކަށް އުފާ ފާގަތި، އަމާން، ސުލްޙަވެރި މަހަކަށްވުމަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.