ރެސިޕީ 14: މެންގޯ ސާގޯ

ރެސިޕީ 14: މެންގޯ ސާގޯ

Author
ފާތިމަތު ނާވީ
18 މާރޗް 2024 10:47
0

ތަފާތު ބުއިން ތަކަކީ ހާއްސަ ރޯދަމަހުގައި އާންމުކޮން ބޭނުން ކުރާ އެއްޗެކެވެ. ތަފާތު ވައްތަރުގެ ފިނި ކުރި ބުއިން ތަކަކީ ވަރަށް ބޮޑު ބަގުބޫލު ކަމެއް ސުފުރާމަތިން ހޯދާ ބާވަތެކެވެ.

މިއަދު މި ގެނެސްދެނީ ވަރަށް ބޮޑަށް މިހާރު ވައިގައި ހިފައިގެން އުޅޭ ބުއިމެއް ކަމުގައިވާ މެންގޯ ސާގޯއެވެ. މިއީ މައިގަނޑު ގޮތެއްގައި ސާގު ހިމެނޭ ބުއިމެކެވެ. މި ބުއިން ތަފާތު ގޮތްގޮތަށް ތައްޔާރު ކުރެވިދާނެއެވެ.

ބޭނުންވާނެ ތަކެތި:

  • 1 އަނބު (ކުދިކޮން ކިއުބް ކޮން ކޮށާލައިފައި)
  • 1 ޖޯޑު ސާގު
  • 1 ދަޅު ފުލް ފެޓް ކޮކޮނެޓް މިލްކް
  • 1/2 ޖޯޑު ހަކުރު

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ސާގު ކޮޅު ފެންކޮޅެއްގެ ތެރޭގައި ކައްކައިލާށެވެ. ސާގު އަށް ޓްރާސްޕޭރެންޓް ކަން އައުމުން ފުރޭންޔެއް ބޭނުން ކޮށްގެން ސާގުކޮޅު ފެނާއި ވަކި ކޮށްލާށެވެ.

މިކްސަރަށް ހަކުރާއި ކޮކޮނެޓް މިލްކް އަޅައި ރަނގަޅަށް ގިރައިލާށެވެ. ދެން ފޮނި ހެޔޮވަރު ވުމުން ޖަގަކަށް އޮހައިލާށެވެ. ދެން ސާގުކޮޅު އަޅާލާށެވެ. ދެން އަނބުކޮޅުވެސް އަޅާ އެއްކޮށްލުމަށްފަހު ފިނި ކޮށްލާށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.