އެއަރ ފްރާންސްގެ ދަތުރުތައް މާދަމާ ރާއްޖެއަށް ފަށާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) އިން ބުނެފިއެވެެ.
ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު އަޅުން ހުޅުވާލުމާއެކު ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ ޢަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިހާރު 19 އެއަރލައިންތަކުން ރާއްޖެއަށް ދަތުރުކުރާއިރު އަންނަ އަހަރުގެ ފެބުރުއަރީއާއި ހަމައަށް އިތުރު 13 އެއަރލައިނެއް ދަތުރުތައް ފަށާނެކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
Our partner airline @airfrance will commence its operations to @VelanaAirport 3 times a week starting from 19th Dec 2020. pic.twitter.com/IOgSgyNSnp
— Maldives Airports Company Ltd – MACL (@MACLmedia) December 17, 2020
އެމްއޭސީއެލް އިން ބުނީ އެއަރފްރާންސްގެ ދަތުރުތައް މާދަމާ ރާއްޖެއަށް ފަށާއިރު، ހަފްތާއަކު ތިން ދަތުރު ކުރާނެކަމަށެވެ. އެއަރފްރާންސްއިން މީގެ ކުރިންވެސް ރާއްޖެއަށް ދަތުރުކޮށްފައިވާއިރު، އެ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް މެދުކަނޑާލީ ކޯވިޑް-19އާއ ގުޅިގެންނެވެ. އަދި މިއީ ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން އެ އެއެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފަށާ ފުރަތަމަ ފަހަރެވެ.
އެއަރ ފްރާންސްއަކީ ދުނިޔޭގެ ގިނަ މަންޒިލްތަކަށް ދަތުރުކުރާ އަދި ފަސިންޖަރުންގެ އިތުބާރު ހޯދާފައިވާ އެއަރލައިނެކެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު މިހާރު އިތުރުވެފައިވާއިރު، ޓޫރިޒަމް މިނިސްޓްރީން ޢާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފްރާންސް ހިމެނެނީ ރާއްޖެއަށް 7 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުގެ ގޮތުގައެވެ. އެގޮތުން ނޮވެމްބަރު މަހުގެ ނިޔަލަށް 24 ހާހަށްވުރެ ގިނަ ފަތުރުވެރިން އެޤައުމުން ރާއްޖެއަށް މިއަހަރު ޒިޔާރަތްކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ