ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ސަރުކާރު ހިންގާ މައި ޕާޓީއަށް ނިސްބަތްވާ އެމްޑީޕީގެ ފަސް ކެންޑިޑޭޓަކާއިއެކު، އިތުރު 9 ކެންޑިޑޭޓަކު ނަން އަނބުރާ ނަގައިފިއެވެ.
އިލެކްޝަން ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާގޮތުން ނަން ނެގި އެމްޑީޕީ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ދ. މާއެނބޫދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަލި ލެއްވި ކެންޑިޑޭޓުންގެ ތެރެއިން އަނީލާ ޢަލީ ފިރާޤް އާއި، ނ.މާފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ވާދަކުރެއްވި ފަރުޝާ ޝާދީ، އާއި، ލ. ކަލައިދޫ އަންހެނުންގެ ތަރައްޤީއަށްމަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތި ލެއްވި އާމިނަތު ޢަފީފާއި، ރ. މާކުރަތު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުިރމަތި ލެއްވި ސުލްޠާނާ ޢަބްދުއްރަޙީމް ގެ އިތުރުން ތ. ދިޔަމިގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތި ލެއްވި މަރްޔަމް މުޢާވިޔަތު އެވެ.
މިބޭފުންގެ އިތުރުން ދެން ނަން ނަގާފައިވަނީ އަމިއްލަ ގޮތުން ވާދަކުރައްވާ 4 ކެންޑިޑޭޓެކެވެ. މިއާއިއެކު ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް ނަން ނެގީ އެމްޑީޕީ ކެންޑިޑޭޓުންގެ އަދަދުވަނީ 25 އަށް އަރާފައެވެ. ޕީޕީއެމްގެ 13 ކެންޑިޑޭޓަކާއި ޖޭޕިގެ ހަތް ކެންޑިޑޭޓަކާއި އެމްޑީއޭގެ ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން ކުރިމަތިލާފައި ތިބި 32 ކެންޑިޑޭޓުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އަނބުރާ ނަން ގެންގޮސްފައިވަނީ އެމްޑީޕީގެ 29 ކެންޑިޑޭޓަކާއި ޕީޕީއެމްގެ 03 ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރަ 13 ކެންޑިޑޭޓެކެވެ.
އަދި މިހާތަނަށް ޖުމްލަ 123 ކެންޑިޑެޓަކު ވަނީ ނަން އަބުރައި ނަގާފައެވެ. ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ އަންނަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. އެކަމަކު ރާއްޖޭގައި އިއުލާންކޮށްފައިވާ ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތާއިއެކު އިންތިޚާބް ބޭއްވިދާނެކަމާއިމެދު މިހާރުވަނީ ސުވާލު އުފެދިފައެވެ.
ކޮމެންޓު ފޮނުވާ