މިހާރު ފެންނަނީ ސަރުކާރުތައް ރުއްސުމަށް މަސައްކަތްކުރާތަން: އާދަމް ޝަރީފް

މިހާރު ފެންނަނީ ސަރުކާރުތައް ރުއްސުމަށް މަސައްކަތްކުރާތަން: އާދަމް ޝަރީފް

Author
މުޙައްމަދު ޖިމީ
17 ޑިސެމްބަރ 2020 08:03
0

މީގެ ކުރިން ރާއްޖެއަކީ މުސްލިމުންގެ ހައްގުގައި ބައިނަލްއަޤްވާމީ މައިދާނުގައި އެންމެ ފުރަތަމަ ބަސް އިއްވާ ޤައުމުކަމަށާއި، ނަމަވެސް މިހާރު ފެންނަނީ ބޭރު ޤައުމުތަކުގެ ސަރުކާރުތައް ރުއްސަން މަސައްކަތްކުރާތަންކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިމިވަނީ، ކޯވިޑް-19ގައި ސްރީލަންކާގައި މަރުވާ މީހުން ރާއްޖޭގައި ވަޅުލުމުގެ އިންތިޒާމް ހަމަޖެއްސޭތޯ މަސައކްަތްކުރާކަމަށް މިސަރުކާރުން ހާމަކުރުމާއި ގުޅިގެން ޚިޔާލުތަފާތުވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މިއީ ދިވެހި ސަރުކާރުން އިސް ސްރީލަންކާ ސަރުކާރުގައި ދަންނަވައިގެން ކުރާ ކަމެއްކަމަށް ސްރީލަންކާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އާދަމް ޝަރީފް ވިދާޅުވީ، މީގެ ކުރިން ރާއްޖެއަކީ މުސްލިމުންގެ ހައްގުގައި އެންމެ ފުރަތަމަ ބަސް އިއްވާ އެއް ޤައުމުކަމަށާއި، ރާއްޖެއިން ވަކާލާތު ކުރަންޖެހޭނީ ދުނިޔޭގައި މުސްލިމުންނަށް ކުރިމަތިކުރަމުންދާ މައްސަތަކަށް ބައިނަލްއަޤްވާމީ ގޮތުން ހައްލު ހޯދައިދޭންކަމަށެވެ. ނަމަވެސް މިހާރު ފެންނަނީ ސަރުކާރުތައް ރުއްސުމަށް މަސައްކަން ކުރާތަންކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު، އަވަށްޓެރި ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުންގެ ހަށިގަނޑުތައް ރާއްޖޭގައި ވަޅުލައިދޭން ރަސްމީކޮށް އެދުނު ކަމެއް އެ ގައުމުގެ ކެބިނެޓަށް އެނގިފައިނުވާ ކަމަށް ކެބިނެޓުގެ ތަރުޖަމާނު މިނިސްޓަރު ކެހެލިޔަ ރަމްބުކްވެލަ ވިދާޅުވެފައިވާކަމަށް އެޤައުމުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސްރީލަންކާގައި މަރުޥާ މީހުން ރާއްޖޭގައި ވަޅުލުމަށް އިސްވެ ރާއްޖެއިން އެދުނީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް ކުރައްވާ ކެމްޕެއިނެއްގެ ގޮތުގައިކަމަށް ބައެއް ފަރާތްތަކުން އަންނީ ތުހުމަތުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.