މާލޭ ސަރަހައްދުގެ މަގުތަކުގައި ގިނަ ދުވަސްވެފައި ހުރި 108 އުޅަނދު ނަގައިފި

މާލޭ ސަރަހައްދުގެ މަގުތަކުގައި ގިނަ ދުވަސްވެފައި ހުރި 108 އުޅަނދު ނަގައިފި

މާލެ ސަރަހައްދުގައި އެއްގަމުގައި ދުއްވާ އުޅަނދު ގިނަވެ މަގުތައް ތޮއްޖެހިފައިވާތީ، އެކަމަށް އަވަސް ހައްލެއް ހޯދުމަށް ޓްރާންސްޕޯޓު މިނިސްޓްރީއާއި، މޯލްޑިވްސް ޕޮލިސް ސާވިސްއާއި، މާލޭސިޓީ ކައުންސިލާއި، އެޗްޑީސީއާއި، ވެމްކޯއާއި، ހޯމް މިނިސްޓްރީގެ އިތުރުން އާރުޑީސީ

ގުޅިގެން ކުރިޔަށްގެންދާ،، މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް މަގުތަކުން ނެގުމުގެ މަސައްކަތުގެ ތެރެއިން މި ނިމިދިޔަ ހަފްތާތެރޭގައި މާލެއިންނާއި ހުޅުމާލެއިން 52 އުޅަނދު ނެގިފައި ވާކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ވިދާޅުވެފައިވަނީ މި މަސައްކަތުގެ ދަށުން މިހާތަނަށް އެކުޖުމްލަ 108 އުޅަނދު ނެގިފައިވާ ކަމަށެވެ.

މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުރި އެއްގަމު އުޅަނދުތައް ޓޯކޮށް، ނައްތާލުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލާއި ފުލުހުންނާއި ވެމްކޯ އާއި އެމްޓީސީސީ އާއި އެޗްޑީސީ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމް އިންޑަސްޓްރިއަލް ޒޯނުގައި ބޭއްވި ރަސްމިއްޔާތު ފައްޓަވައިދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މިއަދުފެށި ޕްރޮގްރާމްއަކީ ކުރިއަށް އޮތް މާޗް މަހުގެ ނިޔަލަށް ކުރިއަށްގެންދަން ނިންމާފައިވާ މަސައްކަތެއްކަމަށެވެ.

ޕްރޮގްރާމުގެ ފުތަރަމަ ބައެއްގެގޮތުގައި މާލޭ އެކި ހިސާބުގައި ހުރި ވެހިކަލްތައް ނައްޓާލުމުގެ މަސައްކަތް ފަށާފައިވާރު އެ ފަދަ އުޅަނދުތައް ނައްތާލުމަށް އެދުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާއިރު އެކަމަށް އެދި ލިބޭ ހުށަހެޅުންތައް ބަލައި ސައްހަ ހުށަހެޅުންތަކުގައިވާ އުޅަނދުތައް ނައްތާލާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިއީ އެއްގަމު އުޅަނދު ތޮއްޖެހުމުގެ ސަބަބުން މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް މިނިސްޓްރީން ކުރާ  މަސައްކަތެއް ކަމަށެވެ. މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަދުވަސްވަންދެން ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ އުޅަނދުތައް ދެނެގަނެ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެ އުޅަނދުތައް މަގުމަތިން ނަގާ ނައްތާލާނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *