ރަޝިޔާ މީހަކަށް ތޮއްޑޫގައި ހަމަލާދީ ޒަހަމްކޮށްލައިފި

ރަޝިޔާ މީހަކަށް ތޮއްޑޫގައި ހަމަލާދީ ޒަހަމްކޮށްލައިފި

Author
ހުސެއިން
21 ފެބްރުއަރީ 2024 11:26
0

އއ. ތޮއްޑޫގައި ވަޒީފާ އަދާ ކުރަމުންދާ ރަޝިޔާ މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ މާރާމާރީ ހިންގީ އިއްޔެ އިރުއޮއްސުނު އިރު، އެ ރަށުގެ ޑައިވް ސެންޓަރެއްގައެވެ.

މި މާރާމާރީގައި އަނިޔާވެފައިވަނީ މާރާމާރީ ހިނގި ޑައިވިން ސެންޓަރުގައި މަސައްކަތް ކުރައްމުންދިޔަ ރަޝިޔާ މީހަކަށެވެ. އަދި އޭނާއަށް އެރަށު ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށްފަހު ފަހުން ދޫކޮށްލާފައިވާކަަމަށްވެސް ފުލުހުން ބުނެފައި ވެއެވެ. އޭނާގެ ހާލު ރަގަޅުކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވި ނަމަވެސް ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި މާރާމާރީ ހިނގާފައިވަނީ ތަނުގައި މަސައްކަތް ކުރަމުންދިޔަ ދެ މުވައްޒަފެއްގެ މެދުގައި ޖެހުނު މައްސަލަތަކަށްފަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.