ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ރަސްމީ ދަތުރުފުޅެއްގައި އަޒަރުބައިޖާނަށް ފުރާވަޑައިގެންފި އެވެ.
އަސްލަމް އަޒަރުބައިޖާނަށް ފުރާވަޑައިގެންނެވީ 14 ވަނަ އޭޝިއަން ޕާލަމެންޓަރީ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށްޓަކަ އެވެ.
މި ދަތުރުފުޅުގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
މި ދަތުރުފުޅާ ގުޅޭ އިތުރު މައުލޫމާތެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ހާމަކޮށްފައެއް ނުވެ އެވެ.
ކޮމެންޓު ފޮނުވާ