"ޕުޝްޕާ" ގެ ތިންވަނަ ބައެއްވެސް ގެނެސްދޭނެ

"ޕުޝްޕާ" ގެ ތިންވަނަ ބައެއްވެސް ގެނެސްދޭނެ

Author
ފާތިމަތު ނާވީ
23 ފެބްރުއަރީ 2024 11:07
0

ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ލިބިގެންދިއަ ފިލްމް "ޕުޝްޕާ"ގެ ތިންވަނަ ބައެއް ވެސް ގެނެސްދޭން ނިންމައިފި އެވެ.

2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ރިލީޒް ކުރި ފިލްމް "ޕުޝްޕާ" އަކީ އެ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމްއެވެ. އެއާއި އެކުގައި ފިލްމް ގެ ދެވަނަ ބައެއްގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެ ފިލްމް ރިލީޒް ކުރުމަށް ތާވަލު ކޮށްފައިވަނީ މިއަހަރަށެވެ.

ފިލްްމްގެ ދެވަނަ ބައި ރިލީޒް ނުވެ އުޅެނިކޮން މިހާރު ތިން ވަނަ ބައެއް އުފައްދާނެ ކަން މި ވަނީ އިއުލާން ކޮށްފައިއެވެ. "ޕުޝްޕާ"ގެ ދެވަނަ ބައިގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެ ފިލްމުގެ ބައެއް މަންޒަރުތައް ވެސް މިހާރު ވަނީ ނަގައިފަ އެވެ.

ދެވަނަ ފިލްމު ވެސް ޑައިރެކްޓުކުރަނީ ފުރަތަމަ ބައި ޑައިރެކްޓުކުރި ސުކުމާރެވެ. މި ފިލްމުގައި އައްލޫއާ އެކު މުހިންމު ރޯލުތަކުން ފެންނާނީ ރަޝްމިކާ މަންދަނާ އާއި ފަހަދު ފާސިލެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.