ކޮންސެޓް ތެރެއިން އަދިއްތިޔާ ފޭނެއްގެ ގައިގައި މައިކުން ޖަހައި އެމީހާގެ ފޯނު އެއްލައިލައިފި

ކޮންސެޓް ތެރެއިން އަދިއްތިޔާ ފޭނެއްގެ ގައިގައި މައިކުން ޖަހައި އެމީހާގެ ފޯނު އެއްލައިލައިފި

Author
ފާތިމަތު ނާވީ
15 ފެބްރުއަރީ 2024 06:26
0

ބޮލީވުޑްގެ ލަވަ ކިއުންތެރިއާ އަދި ހޯސްޓް އަދިއްތިޔާ ނާރާޔަން ގެ ވާހަކަ މިފަހުން މީޑިއާގައި ތިލަވަގެން ދިއައީ އޭނާގެ އަހުލާގު ފެންވަރު ދައްކަމުންނެވެ. އެގޮތުން މިފަހުން ބޭއްވި ކޮންސެޓެއްގެ ތެރޭގައި ލަވަ ކިއަން ހުރި އަދިއްތިޔާ ވަނީ އެތަނުގައި ތިބި މީހުން ހައިރާންކުރުވާނެ ފަދަ ކަމެއް ކޮށްފައިއެވެ.

ބައިބޯ އޯންޑިއެންސްގެ މެދުގައި ސްޓޭޖުގައި ލަވަ ކިއަން ހުރި އަދިއްތިޔާ ވަނީ ލަވަކިޔަން ގެންގުޅުނު މައިކުން މީހެއްގެ ގައިގައި ޖެހުމަށްފަހު އެމީހާގެ ފޯނު ދަމައިގަނެ އޯޑިއެންސަށް އެލައިލައިފައިއެވެ.

އެ ކޮންސެޓްގެ ވީޑިއޯ މިހާރު ވައިރަލް ވެފައިވާ އިރުގައި ގިނަ ބަޔަކު ވަނީ އަދިއްތިޔާ އަށް ވަރަށް އެއްޗެހި ކިޔައިފައިއެވެ. އެގޮތުން އަހުލާކުގެ ކަންފުޅެއް ނެއްކަމަށް ބުނެ ގިނަ ބަޔަކު ވަނި ހިޔާލު ފާޅުކޮށްފައިއެވެ.

މިދިއަ ހަފްތާގައި މި ޝޮވ ބާއްވާފައިވަނި ޗައްތިސްގަޅްގެ ކޮލެޖެއްގައިއެވެ. މި ކަމާއި ގުޅޭ ގޮތުން މިހާތަނަށް އަދި އަދިއްތިޔާ އެއްވެސް ވާހަކައެއް ދައްކައިފައިއެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Koimoi.com (@koimoi)

އަދިއްތިޔާ އަކީ ކުރީގެ މަޝްހޫރު ލަވަކިއުން ތެރިއާ އުދިތް ނާރާޔަން ގެ ހުރި ހަަމައެކަނި ދަރިއެވެ. 2020 ވަނަ އަހަރު އޭނާ ވަނީ ޒަމާންވީ ލޯބިވެރިއާ ޝްވެތާ އަގަރްވާލް އާއި ކައިވެނި ކޮށްފައިއެވެ. އަދި އެމީހުން ނަށް ވަނީ ދަރިއަކުވެސް ލިބިފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.