"ބޫލް ބުލައްޔާ 3″ ގެ މަންޒަރުތަކެއް ދައްކުވައިދޭ ވީޑިއޯ އެއް ފިލްމްގެ ލީޑް އެކްޓަރު ކާތިކް އާރިޔާން އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައިއެވެ. މި ވީޑިއޯ ގައި ފެނިގެންދަނީ "ބޫލް ބުލައްޔާ" ގެ އެންމެ މަގުބޫލު ލަވަ ކަމުގައިވާ "މެރިޑޯލްނާ"އެވެ.
"ބޫލް ބުލައްޔާ" ގައި ވިދްޔާ ކުޅެފައިވާ ލަވައާއި ގުޅުވައިގެން ކާތިކް ކުޅެފައިވާ ލަވައިގެ މިކްސްޑައުންއެކެވެ. މި ލަވަ އަކީ ވަރަށް މަޝްހޫރުވި އަދި މީގެ ކުރިން ގެނެސްދިން "ބޫލް ބުލައްޔާ" ގެ ދެ ފިލްމްގައިވެސް ހިމެނި ލަވައެކެވެ.
އޭނައާ އެކީ މީގެ ތިން ވަނަ ބައިގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން ތައްޔާރުވަމުން އަންނަ އިރު، ޖިންނި އަވަލި މަންޖުލާގެ ރޯލަށް ވިދިޔާ އެނބުރި އަންނަ ވާހަކަ ހިއްސާކޮށް، ކުރީގެ ފިލްމުގެ މަންޒަރުތަކާއި އާންމުކުރި ވީޑީއޯއިން ވިދްޔާ ފެނިގެން ފެނިގެންދާނެ ކަން މިހާރު މި ވަނީ އިއުލާން ކޮށްފައިއެވެ.
މި އަހަރުގެ ނޮވެމްބަރުގައި "ބޫލް ބުލައްޔާ 3″ ގެނެސްދޭން އަމާރު ހިފައިފައިވާއިރުގައި މި ފިލްމު ވެސް ޑައިރެކްޓް ކުރާނީ ދެވަނަ ބައި ވެސް ހެދި އަނީސް ބަޒްމީ އެވެ. އަދި ފިލްމްގެ ޝޫޓިންގ އަންނަ މަހު ފެށުމަށް ވަނީ ހަމަ ޖެހިފައިއެވެ.
ވިދިޔާގެ "ބޫލް ބުލައްޔާ" 2007 ޑައިރެކްޓްކުރީ ޕްރިޔަދަރުޝަނެވެ. އޭގެ ކާސްޓްގައި އަކްޝޭ ކުމާރު، ޝައިނީ އަހޫޖާ އަދި އަމީޝާ ޕަޓޭލް އާއި ޕަރޭޝް ރާވަލް ވެސް ހިމެނެ އެވެ. އެކަމަކު ދެވަނަ ބައިގައި އެއިން އެއްވެސް ތަރިއަކު ނުހިމެނެ އެވެ. އެއީ "ބޫލް ބުލައްޔާ" ގެ ދެ ފިލްމުގައި ރާޖްޕަލް ޔާދަވް ހިމެނެ އެވެ.