"ފުރޭތަ" ގެ ޓިކެޓް މިހާރު ބުކް ކޮށްލެވޭނެ

"ފުރޭތަ" ގެ ޓިކެޓް މިހާރު ބުކް ކޮށްލެވޭނެ

Author
ފާތިމަތު ނާވީ
14 ފެބްރުއަރީ 2024 10:54
0

އަންނަ މަހުގެ 4 ވަނަ ދުވަހުގައި ރިލީޒް ކުރުމަށް އަމާޒު ހިފައިފައިވާ ފިލްމް "ފުރޭތަ" ގެ ޓިކެޓް ބުކް ކުރުމަށް ހުޅުވައިލައިފިއެވެ.

މި ފިލްމްގެ ޓިކެޓް ބުކް ކުރުމަށް ހުޅުވައިލައިފައިވާ އިރުގައި ޓިކެޓް އޮންލައިން ކޮށް ވެސް ބުކް ކުރެވޭނެއެވެ. ހޮޓްލައިން ނަމްބަރަކީ 9911229 އެވެ. އެހެން ކަމުން ފިލްމްގެ އިންތިޒާރުގައި ތިބި ބެލުންތެރިން އަވަހަށް ޓިކެޓް ބުކް ކޮށްލާށެވެ.

މި ފިލްމް އަކީ ދިވެހި މުޖުތަމައުގައި މިހާރު ހުރި އެކި ކަހަލަ މައްސަލަތަށް ދައްކުވައި ދޭނެ އެވެ. އެހެންވެ މީގެ ވާހަކަ އަކީ މުޖުތަމައުގެ "އަނދިރި ފަރާތުން" ސޮފުހާތަކެކެވެ. މި ފިލްމަކީ ކުށުގެ ވެއްޓާއި އާއިލީ ހާޖާނުގަނޑުތަކާއި ބަދަލުހިފުންތަކާއި ތަޅާފޮޅުން ފަދަ ކަންކަން ފެންނާނެ އެއްޗެކެވެ.

"ފުރޭތަ" ގެ ކާސްޓްގައި ޝަރަފު އަބްދުﷲ، ރަވީ ފާރޫގް، މުހައްމަދު މަނިކު، އަހުމަދު ސައީދު، އަހުމަދު ރިފްޝާން، އަހުމަދު ނާޝިތު، އަލީ ނަދީހު، އައިމިނަތު އަސީލާ އަދި އާދަމް ރިޒްވީ ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.