ސީއެސްސީގެ މެންބަރުކަމަށް ތިން ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވައިފި

ސީއެސްސީގެ މެންބަރުކަމަށް ތިން ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވައިފި

Author
ހުސެއިން
07 ފެބްރުއަރީ 2024 01:59
0

ރައީސް މުޙައްމަދު މުޢިއްޒު ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ތިން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލީ ކުރީގެ މެމްބަރު ފާތިމަތު އާމިރާގެ ދައުރު ހަމަވުމާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ތިން ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވީ މިދިޔަ އަންގާރަ ދުވަހު އެވެ.

އެބޭފުޅުންނަކީ،

އަބްދުލް ހަސީފް އިސްމާއިލް – ދަފްތަރު ރ. 7505

ފާތިމަތު ހަބީބާ – ދަފްތަރު ރ. 9472

މަރިޔަމް ޝާހިދާ – މ. ފިރެސްޓު

އެ ނަންތައް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވަނީ ނިންމަވާފަ އެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ސީއެސްސީގައި މިހާރު ތިއްބަވަނީ ހަތަރު މެމްބަރުންނެވެ. އެ ބޭފުޅުންނަކީ:

އިބްރާހިމް ނާސިހު – ރައީސް

އިބްރާހިމް ރަޝީދު – ނައިބު ރައީސް

މުހައްމަދު ފަރުޝަތު – މެމްބަރު

ފާތިމަތު ޝަރީފް – މެމްބަރު

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.