ހެޔޮނުވާނެ އަހަރުމެން ދިރި އުޅުނަ ދީ: ސަނާ

ހެޔޮނުވާނެ އަހަރުމެން ދިރި އުޅުނަ ދީ: ސަނާ

Author
ފާތިމަތު ނާވީ
06 ފެބްރުއަރީ 2024 03:37
0

މި މަހުގެ 19 ވަނަ ދުވަހުގައި ކައިވެނި ކުރި ޕާކިސްތާންގެ ކްރިކެޓް ކުޅުންތެރިއާ ޝޯއެބް މާލިކް އާއި ސަނާ ޖާވެދް އަށް ކުރަމުން އަންނަ ފުރައްސާރަ ހުއްޓާ ލުމަށް ސަނާ ބުނެފިއެވެ.

އިންޑީއާގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިއާ ސާނިއާ މިރްޒާގެ ކުރީގެ ފިރިމީހާ އާއި ސަނާ ކައިވެނި ކުރުމަށް ފަހު ސޯޝަލް މީޑިއާގައި އެމީހުން ވަނީ އެކަން އިއުލާން ކޮށްފައިއެވެ.

އެއާއި އެކުގައި އާންމުންގެ ގިނަ ބަޔަކު ވަނީ މިދެމަފިރިންނަށް އެއްޗިހި ކިޔާ ވަރަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައިއެވެ. އަދި ހާއްސަ ކޮން ސަނާ އަކީ ދެމަފިރިންގެ މެދަށް ވަންނަ އަންހެނެއް ކަމަށް ބުނެ އޭނާ އަށް ވަރަށް ބޮޑަށް ވަނީ ނުރުހުން ފާޅުކޮށްފައިއެވެ.

މިވާހަކަތަކަށް ރައްދު ދެމުން ސަނާ ބުނީ އެދެމަފިރިން ކައިވެނި ކުރީ ލޯބިން ކަމަށާއި އެކަމާއި އެހެންމީހުން ނުރުހުން ވާން ނުޖެހޭ ކަމަށެވެ. އަދި މިހާރު އެއީ ދެމަފިރިން ކަމަށާއި އެމީހުން ހަމަ ޖެހިގެން ދިރިއުޅުނަ ދިނުމަށް ވަނީ އެދިފައިއެވެ.

ސަނާ އާއި ޝޯއެބް ގެ ކައިވެނި ވެގެން ގޮސްފައިވަނީ މިފަހުން ގިނަ ބަޔަކަށް ހައިރާންކަން ލިބުން އަދި ނޫސްތަކުގެ ފަލަ ސުރުހީން ޖާހަގަ ހޯދި ކަމަކަށެވެ. ސަބަބީ މި ކުއްލި ކައިވެނި ކުރެވުން ކަން އިއުލާން ކުރި އިރުގައި ޝޯއެބް އަދި ސަނާވެސް ސިންގަލް ކަން ގިނަބަޔަކަށް ނޭގުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.