ޝްރައްދާ ގެ ސުވާލަކީ ކައިވެނި ކުރަން ވީހޭ

ޝްރައްދާ ގެ ސުވާލަކީ ކައިވެނި ކުރަން ވީހޭ

Author
ފާތިމަތު ނާވީ
06 ފެބްރުއަރީ 2024 04:55
0

ބޮލީވުޑްގެ ރީތި ބަތަލާއިންގެ ތެރޭގައި ގުނާލަވޭ ޝްރައްދާ ކަޕޫރު އަކީ ރީތި ކަމާއި އެއްވަރަށް އެކްޓިންގ އަށް ވެސް މޮޅު ބަތަލާއެކެވެ. އޭނާ އަކީ ގިނަ ބަޔަކު މިސާލަކަށް ނަގާ އުޅުން ހުރި ރީތީ ބަތަލާއެކެވެ.

އޭނާގެ ފިލްމީ ހަޔާތުގެ އިތުރުން ޒާތީ ހަޔާތަކީ ވެސް ގިނަ ބައެއްގެ ލޯތައް އަމާޒުވެފައިވާ ކަމެކެވެ. ހާއްސަކޮން އޭނާ ކައިވެނި ކުރާ ދުވަހެއް ބަލަން އެތަށް ބަޔަކު ބޭނުންވެއެވެ.

މި ކަމުގެ ޝައުގު ގައި ތިބި މީހުންނަށް އޭނާ ކައިވެނި ކުރަން އުޅޭ ކަމުގެ ހިންޓެއް މިވަނީ ދީފައިއެވެ. އެއީ އެންމެ ފަހުން އޭނާ އިންސްޓްގަރާމްގައި ކުރި ޕޯސްޓެވެ. އިންޑިއަން ސްޓައިލް ގެ ކްރީމް ހެދުމެއްގައި ނަގައިފައިވާ މި ފޮޓޯތަށް ދޫކޮށްލަމުން އޭނާ ވަނީ ސުވާލެއް ކޮށްފައިއެވެ. އެސުވާލަކީ ކައިވެނި ކުރަން ވީ ތޯއެވެ.؟

 

View this post on Instagram

 

A post shared by Shraddha ✶ (@shraddhakapoor)

ޝްރައްދާގެ ޒާތީ ދިރިއުޅުން މިހާތަނަށް އާއްމުންނަށް ސިއްރު ކުރެވިފައިވީ ނަމަވެސް ބޮލީވުޑްގެ ބައެއް ތަރިންނާއި އޭނާ ލޯބީގެ ގޮތުން ގުޅުން ކަމުގެ އަޑުތަށް އެރިއެވެ. އޭގެ ތެރޭގައި ވަރުން ދަވަން، ފަރްހާން އަހްތަރު އަދި އަދިތުޔާ ރޯއީ ކަޕޫރު ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.