ހުޅުމާލޭ އީ ލައިބްރެރީއަށް މެކްސްކޮމް ޓެކްނޮލޮޖީސް އިން 10 ޓެބްލެޓް ހަދިޔާ ކޮށްފިއެވެ.
ހުޅުމާލޭ އީ ލައިބްރަރީ އަކީ އުގައިލް ފައުންޑޭޝަނުން އެޗްޑީސީއާއި ގުޅިގެން ތަރައްޤީކޮށްފައިވާ ލައިބްރަރީ އެކެވެ.
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނީ މި ލައިބްރެރީ އަކީ ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމަށް އެ ކޯޕަރޭޝަނުން އިސްނަގައިގެން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށެވެ.
އެޗްޑީސީން ހުޅުމާލެ ތަރައްޤީ ކުރަމުން މިހާރު ދަނީ މުސްތަޤްބަލަށް ވިސްނާ ސްމާޓް ސިޓީއެއްގެ ގޮތުގައެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ތަރައްޤީ ފާހަގަކޮށްލެވެއެވެ. އެގޮތުން ހުޅުމާލޭގެ މާސްޓާރ ޕްލޭން ގައި ވާގޮތުން ދެވަނަ ފިޔަވަހީގައި އައިޓީ ޕާކާއި ނޮލެޖް ޕާކަކުތައްވެސް ތަރައްޤީ ކުރަން ވަނީ ނިންމާފައެވެ.

ކުޑަކުދިންނަށް ޤުދުރަތީ މާހައުލެއްގައި ވާހަކަ ކިއުމަށާއި ތަފާތު އަތްތެރި މަސައްކަތް ދަސްކޮށްދިނުން ފަދަ ހަރާކާތްތަށް ހިންގުމަށް ހަޓެއް އެޅުމަށް ވެސް ދާދިފަހުން އެޗްޑީސީން ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ