ކާމިޔާބު ފިލްމް ތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ ޑައިރެކްޓަރު މޯހިތު ސޫރީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް ފިލްމެއް ޑައިރެކްޓްކުރަން ސޮއިކޮށްފި އެވެ.
މުޅިން އަލަށް، އެ އިންޑަސްޓްރީގެ އެންމެ ބޮޑު ފިލްމު ކުންފުނީގެ ފިލްމް އެއް ޑައިރެކްޓު ކުރުމަށް އެ ފަދަ ބޮޑު ޕްރޮޑަކްޝަން ހައުސް އަކާއި އެކުގައި އެބަސް ވެފައިވާ އިރުގައި އަދި މިހާތަނަށް މި ފިލްމް އާއި ގުޅޭ އެއްވެސް މައުލޫމާތެއް މީޑިއާއަށް ލިބިފައިއެއް ނުވެއެވެ.
ނަމަވެސް ބައެއް މީޑިއާ ތަކުން ބުނީ މިއީ ޒުވާން ލޯބީގެ ވާހަކައެއް ކިޔައިދޭނެ ފިލްމެއް ކަމަށާއި ވަރަށް އަވަހަށް ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ. އަދި ފިލްމްގެ ޝޫޓިން މިއަހަރު ފަހުކޮޅުގައި ފަށާނެ ކަމަށްވެސް ބުނެފައި ވެއެވެ.
މޯހިތު ޑައިރެކްޓްކުރި ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "އާޝިގީ 2″، "ހާފް ގާލްފްރެންޑް"، "މަލަންގް"، "އޭކް ވިލަން"، "ޒެހެރު"، އަދި "ހަމާރީ އަދޫރީ ކަހާނީ" ހިމެނެ އެވެ.
ކޮމެންޓު ފޮނުވާ