ބަންސާލީގެ ފިލްމް އަށް ސޮއި ކުރުމުގެ ކުރިން ރަންބީރު ޝަރުތު ހުށައެޅި

ބަންސާލީގެ ފިލްމް އަށް ސޮއި ކުރުމުގެ ކުރިން ރަންބީރު ޝަރުތު ހުށައެޅި

Author
ފާތިމަތު ނާވީ
05 ފެބްރުއަރީ 2024 10:47
0

ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ސީލާ ބަންސާލީގެ ފިލްމް އަށް ސޮއި ކުރުމުގެ ކުރިން ރަންބީރު ބައެއް ޝަރުތުތަށް ކުރިމަތި ކުރުވި ކަމަށް މީޑީއާއިން ރިޕޯޓް ކޮށްފިއެވެ.

މިދިއަ ހަފްތާގައި ބަންސާލީ ވަނީ ރަންބީރު އާއި އޭނާގެ އަންހެނުން އާލިއާ ބަޓް އަދި ވިކީ ކޯޝަލް އެކުގައި ފިލްމް އެއް އިއުލާން ކޮށްފައިއެވެ. އެއީ ތަފާޓު ފިލްމް އަކަށް ވާނެ ކަމާއި މެދުގައި އެއްވެސް ޝައްކެއް ނެތެވެ. މިފިލްމްއަށް ރަންބީރު އާން ބަސް ބުނެފައިވަނީ ދެ ޝަރުތެއް ކުރުމަށް ފަހުގައި ކަމަށް ހަބަރުލިބެއެވެ.

އެގޮތުން އޭނާ ގެ ޝަރުތަކީ  އޭނަ އަށް ފަސޭހަވާ ގަޑިތަކަށް ފިލްމުގެ ޝޫޓިން ޝެޑިއުލްކޮށް ދިނުމާއި ފިލްމުގެ ޝޫޓިން އެއްކޮށް އަންނަ އަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން އެއްކޮށް ނިންމުމަށް ރާވައި ދިނުމެވެ. އަދި އެނގިފައިވާ ގޮތުގައި މި ކަންކަމަށް ބަންސާލީ ވަނީ ވަރަށް ފަސޭހައިން އެއްބަސްވެފައިއެވެ.

މި ތިން ތަރިންނާއި އެކުގައި ބަންސާލީ "ލަވް އެންޑް ވޯ" އެވެ. މި ފިލްމް ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރުގަ އެވެ. ނަމަވެސް ޝޫޓިން ފަށާނެ ދުވަހެއް އަދި އިއުލާން އެއް ނުކުރެއެވެ.

ބަންސާލީގެ އެންމެ ފަހުގެ ފިލްމަކީ 2022 ގައި އާލިއާއާ އެކީ ގެނެސްދިން "ގަންގޫބާއި ކަތިއަވާޅީ" އެވެ.

 

 

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.