މާލެ ސަރަހައްދުން އަތޮޅުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ މީހުން ކޯވިޑް-19 އަށް ޓެސްޓްކޮށްގެން ނޫނީ ދަތުރު ނުކުރެވޭ ގޮތަށް އޮތް އޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިމުކަކަށް ގެނެސްފިއެވެ.
ކޮންމެހެން ދޭން ޖެހޭ ހިދުމަތެއް ދިނުމަށް މީހުން ދިރިއުޅޭ ރަށްރަށަށް ދެވޭނީ 72 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ޓެސްޓް ނަތީޖާއެއް އޮތުމުން ކަމަށް ބަޔާންކޮށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން މިމަހުގެ 02 ވަނަ ދުވަހު ނެރުނު އިއުލާން މިއަދު ވަނީ ބާތިލުކޮށްފައެވެ. މިހާރު ގެނެސްފައިވާ ބަދަލާއެކު ކުރު މުއްދަތަށް އެކި ބޭނުންތަ ބޭނުންތަކަށް އަތޮޅުތެރެއަށް ދަތުރުކުރާ ފަރާތްތަކުން، އެފަރާތްތަކުން ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ގައިޑްލައިންއާ ޚިލާފަށް ޢަމަލުކުރާނަމަ ކަނޑައެޅިފައިވާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެ ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވެފައިވެއެވެ.
ކޮވިޑް-19 ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅުތަކަށް އެޗްޕީއޭއިން ލުޔެއް ދީފައި މިވަނީ އެބަލީގެ ކޭސްތައް ވަރަށް މަދުވެފައިވާތާ ދުވަސްކޮޅެއް ވެފައި ވަނިކޮށެވެ. މިހާރު އާއްމުކޮށް ކޮންމެ ދުވަހަކު ވެސް ކޮވިޑްގެ އާ ކޭސްތައް ފެންނަނީ 20 އަށް ވުރެ ދަށުންނެވެ.
ކޮންމެހެން ދޭން ޖެހޭ ހިދުމަތެއް ދިނުމަށް ކަނަޑައަޅާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ސަރުކާރުގެ ވެރިންނާއި މުވައްޒަފުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި އެކުންފުނިތަކުގެ މުވައްޒަފުންނެވެ. އެޗްޕީއޭއިން މިފަދަ އިއުލާނެއް ނެރެފައިވާއިރު ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ސަރުކާރުގެ އިސްވެރިންނާއި، ކުންފުނިތަކުގެ ވެރިން އަތޮޅު ތެރެއަށް ދަތުރުކޮށް ކެމްޕެއިން ކުރަމުންދާ ކަމުގެ ޝަކުވާ އިދިކޮޅު ފަރާތްތަކުން ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ