ރައީސް އަޒުލްކުރަން، މިދައުރުގައި، "އެންމެ ރަގަޅު ވަގުތުގައި" މަޖިލީހަށް ހުށަހަޅާނަން: ބިގޭ

ރައީސް އަޒުލްކުރަން، މިދައުރުގައި، "އެންމެ ރަގަޅު ވަގުތުގައި" މަޖިލީހަށް ހުށަހަޅާނަން: ބިގޭ

Author
ހުސެއިން
30 ޖެނުއަރީ 2024 08:44
0

ރައީސް މުއިއްޒު މަގާމުން އަޒުލް ކުރުމަށް މަޖިލިހަށް ޕެޓިޝަން ވައްދަން ބޭނުންވާ ސޮއި މިހާރު ހަމަވެފައިވާ ކަމަށާއި، މިދައުރުގައި އެމައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާނެ ކަމުގައި އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

އިޔެއް ތިން ވަޒީރަކަށް މަޖިލިހުން ރުހުން ދީފައި ނުވަނިކޮށް ހަމަ އެ ވަޒީރުން އަލުން މަގާމަށް އައްޔަން ކުރުމާއި ގުޅޭގޮތުން މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބިގޭ ވިދާޅުވީ ރައީސް އަޒުލް ކުރުމުގެ މައްސަލައަކީ އެމްޑީޕީގެ ޕީޖީން މިހާރު ރުހުންވެސް ލިބިފައިވާ މައްސަލައެއް ކަމުގައެވެ.

އެގޮތުން އެ މައްސަލަ މަޖިލީހަށް ވައްދާނީ ވަގުތާއި ހާލަތަށް ބެލުމަށްފަހު "އެންމެ ރަގަޅު ވަގުތުގައި" ކަމަށްވެސް ބިގޭ ވިދާޅުވިއެވެ.

އެހުށަހެޅުން އަދި ހުށަހަޅާނީ މާދަންތޯ އަނެއް ދުވަހުންތޯ އަޅުގަނޑުމެން މިދަނީ ބަލަމުން. ވަގުތާއި ހާލަތަށް ބަލާފަ އެހުށަހެޅުން ހުށަހަޅަން ޖެހޭ އެންމެ ރަނގަޅު ވަގުތުގައި އަޅުގަނޑުމެން ހުށަހަޅާނީ.

ބިގޭ ވިދާޅުވިއެވެ.

ބިގޭ ވިދާޅުވީ އެ ހުށަހެޅުން މަޖިލީހަށް ވައްދާނީ ޕާޓީގެ ލީޑަރުޝިޕްގެ ލެވެލްގެ ބޭފުޅުންނާވެސް މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެމްބަރުންނެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ދާދިފަހުން ޕީއެންސީއާއި 13 މެމްބަރަކު ގުޅިފައިވާތީ އެމްޑީޕީގެ ޕީޖީގައި މިހާރު ތިބީ 44 މެމްބަރުންނެވެ. އެމްޑީޕީއާއެކީ މިހާރު މަޖިލިސް ތެރޭގައި އެއްވިސްނުމެއްގައި މަސައްކަތް ކުރަމުންދާ ދަޑިމޮކްރެޓްސްއާއެކީ ދެޕާޓީއަށް ހަމަކުރެވެނީ 57 މެމްބަރުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.