ކުދި ވިޔަފާރީތަކަށް މިހާރު ކުރިމަތިވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ ޑޮލަރުގެ މައްސަލަ: ސައީދު

ކުދި ވިޔަފާރީތަކަށް މިހާރު ކުރިމަތިވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ ޑޮލަރުގެ މައްސަލަ: ސައީދު

ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސައަލައަކީ ޑޮލަރުގެ މައްސަލަ ކަމުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުން ވަޒީރުންނާއި ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރޭ ބޭއްވި "އަހާ" ޕަބްލިކް ފޯރަމްގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަ ދައްކަވަމުންނެވެ.

ރޭގެ ފޯރަމްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ވިޔަފާރިތަކުން ޑޮލަރު ގަންނަން ޖެހެނީ ރަސްމީ ރޭޓަށް ވުރެ މާ ބޮޑު އަގެއްގައި ކަމަށެވެ.

ރަސްމީ މާކެޓުގައި 15.42ރ. އަށް ހުއްޓަސް ވަރަށް އެކްޓިވް ޑޮލަރު މާކެޓެއް އެބައޮތް. މި ހަގީގަތާ އެބަޖެހޭ ކުރިމަތިލާން. ރައީސްގެ މަސައްކަތުގައި ވަރަށް ޓާގެޓެޑް މަސައްކަތްތަކެއް އެބަހުރި. އަޅުގަނޑު ޔަގީންކަން އަރުވަން މިއަހަރު ތެރޭގައި މި އެކްސްޗޭންޖު ރޭޓު ހަމަޔަކަށް އެޅުވުމުގެ މަސައްކަތް ކުރާނަން.

ސައީދު ވިދާޅުވިއެވެ.

ރޭގެ ފޯރަމްގައި ސައީދު ވިދާޅުވީ ކަޅު ބާޒާރުގެ މައްސަލަ ހައްލު ކުރާނީ ވަރަށް އަވަހަށް ކަމަށާއި، އޭގެ ނަތީޖާވެސް ވަރަށް އަވަށް ފެންނަމުން ދާނެ ކަމުގައެވެ.

އަޅުގަނޑުމެން މިހާލަތު ބަދަލު ކުރާނަން. އެއީ ވަރަށް ފަހަކަށް ވެސް ނޫން. ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ނަތީޖާތައް ފެންނަމުންދާނެ.

އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށް އޮތްތަނުގައި ވެސް އިތުރު މަސައްކަތްތައް ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ވިޔަފާރިތަކަށް އެންމެ ފުރަތަމަ ދޫކުރާ 100 މިލިއަން ރުފިޔާ ނުވަތަ 50 މިލިއަން ރުފިޔާގެ ލޯނުގެ ތެރެއިން 25 ޕަސެންޓު ހާއްސަ ކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަމަށެވެ.

ސައީދު ވިދާޅުވީ މި އަހަރު ބްލެކް މާރކެޓް ހަމަޔަކަށް އެޅުވުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާ ކަމުގައެވެ.

ރާއްޖޭގައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލު، މިހާރު އަގުވަނީ 20 ރުފިޔާއާއި ހަމަޔަށް އުފުލިގެން ގޮސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *