މާލޭ ޖަލު ބަންދު ކޮށް، ގައިދީން އެހެން ޖަލުތަކަސް ބަދަލު ކޮށްފި

މާލޭ ޖަލު ބަންދު ކޮށް، ގައިދީން އެހެން ޖަލުތަކަސް ބަދަލު ކޮށްފި

Author
ހުސެއިން
06 ޖެނުއަރީ 2024 04:47
0

މާލޭގެ ބޮޑު ތަކުރުފާނު މަގުގައި ހުންނަ ޖަލު މިއަދު ބަންދުކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އެކަން އިއުލާނު ކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސަރުކާރުގެ ޕޮލިސީ ތަކާ އެއްގޮތަށް މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޖަލު ބަންދުކޮށް، އެ ޖަލުގައި ތިބި ގައިދިން މިހާރު އެހެން ޖަލު ތަކަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

ކަރެކްޝަންސްއިން ބުނެފައިވަނީ، މި ޖަލު ބަދަލު ކުރަން ނިންމީ އެ ޖަލާ އިންވެގެން އިމާރާތް ކޮށްފައިވާ ދަރުމަވަންތަ ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް އެ ތަނުގައި ޖަލެއް ހުރުމުގެ ސަބަބުން ނުރަނގަޅު އަސަރު ކުރަމުން އަންނާތީ ކަމުގައެވެ.

ކަރެކްޝަންސްގެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ، މާލޭ ޖަލު ބަންދުކުރުމާއި އެކު، އާންމުންނަށް ފޯރުކޮށްދެމުން އައި ޚިދުމަތްތައް އެތަނުން ލިބޭނީ މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މާލެ ގެންނަ ގައިދީން ބެއިތިއްބުމުގެ އިންތިޒާމު ހަމަޖައްސަމުން އަންނަނީ ދަލާނާ އިންވެގެން އޮންނަ ކަރެކްޝަންސްގެ އިމާރާތުގައެވެ.

މީގެ ކުރިން ހޯމް މިނިސްޓްރީން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ދެވަނަ ޓާމުގެ ކިޔެވުން ފެށުމުގެ ކުރިން މާލޭގެ ޖަލު ބަންދު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކަރެކްޝަންސްއިން ބުނެފައި ވެއެވެ.

މާލޭ ޖަލު ހުޅުވައި ބޭނުން ކުރަން ފަށާފައިވަނީ 17 ޖެނުއަރީ 2008 ވަނަ އަހަރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.