ސުރްބީ ކައިވެނި ކުރަނީ

ސުރްބީ ކައިވެނި ކުރަނީ

Author
ފާތިމަތު ނާވީ
07 ޖެނުއަރީ 2024 09:00
0

ޑްރާމާ ސިލްސިލާ ތަކުން އާންމުންގެ މަގުބޫލުކަން ހޯދައިފައިވާ ބަތަލާ ސުރްބީ ޖޯތީ މި އަހަރުގެ މާޗްގައި ކައިވެނި ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނާގޮތުގައި ސުރްބީ އާއި ލޯބިވެރިޔާ ސުމިތު ސޫރީގެ ކައިވެނީ ހަރަކާތްތައް މާޗް 4 ގައި ފަށާނެ ކަމަށެވެ. އަދި ކައިވެނީގެ ރަސްމީ ހަފުލާ އޮންނާނީ މާޗް 8 ގައި ކަމަށެވެ.

އަދި މިކައިވެނި އޮންނާނީ  އުތުރު އިންޑިއާގެ ސަގާފަތާއި އާދަކާދައާ އެއްގޮތަށް ކަމަށް ވެސް ވަނީ ބުނެފައިއެވެ. އަދި ވަރަށް ކުލަގަދަ، ފޯރިގަދަ ކޮން މި ކަިއވެނި ބާއްވާނެ ކަމަށްވެއް މައުލޫމާތު ލިބެއެވެ.

 

View this post on Instagram

 

A post shared by Sumit Suri FC (@sumitsurifc)

ބައެއް ފިލްމުތަކާއި ވީޑިއޯ ލަވަތަކުން ވެސް ފެނިފައިވާ ސުރްބީ، 35، މި ވަގުތު ހުރީ ޗުއްޓީ އަށް އެމެރިކާގަ އެވެ. އޭނާގެ ކާމިޔާބު ޑްރާމާ ތަކުގެ ތެރޭގައި "ގުބޫލް ހޭ" އާއި "ނާގިން 3″ ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.