އަނަންނިޔާ އާއި އަދިއްތިޔާ އާއަހަރު ފާހަގަ ކުރަނިކޮން ނަގައިފައިވާ ފޮޓޯތަކެއް ލީކް ވެއްޖެ

އަނަންނިޔާ އާއި އަދިއްތިޔާ އާއަހަރު ފާހަގަ ކުރަނިކޮން ނަގައިފައިވާ ފޮޓޯތަކެއް ލީކް ވެއްޖެ

Author
ފާތިމަތު ނާވީ
07 ޖެނުއަރީ 2024 10:08
0

ދެ ލޯބިވެރިން ކަމަށް މީޑީއާއިން ބުނަމުން އަންނަ އަނަންނިޔާ ޕާންޑޭ އާއި އަދިއްތިޔާ ރޯއީ ކަޕޫރު އެކުގައި އާ އަހަރު ފާހަގަ ކުރަނިކޮން ނަގައިފައިވާ ފޮޓޯތަކެއް ލީކް ވެއްޖެއެވެ.

ދެތަރިން ކުރެ އެކަކުވެސް ރައްޓެހިވެގެން އުޅޭ ކަމަށް އެއްބަސް ނުވި ނަމަވެސް ދެމީހުން އެކުގައި ޗުއްޓީ ދަތުރު ތަކުގައި ގޮސް އުޅެނިކޮން ނަގައިފައިވާ ފޮޓޯތަކެއް މީގެ ކުރިންވެސް ވަނީ ވައިރަލް ވެފައިއެވެ.

އާ އަހަރު ފާހަގަ ކުރުމަށް އެދެމީހުން ގޮސްފައިވަނީ ނިއުޔޯކް އަށެވެ. ދެމީހުން ވަކި ވަކިން އެއާޕޯޓް އަށް ދިއަ ނަމަވެސް މިހާރު ވައިރަލް ވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ދެމީހުން ތިބީ އެއްތަނުގައިއެވެ.

އެގޮތުން ރައްޓެހިންނާއި އެކުގައި ރޭގަނޑުގެ ކެއުމެއްގެ ތެރެއިން ނަގައިފައިވާ ފޮޓޯ އަކާއި ސްކޭޓް ކުރުމަށް މި ދެމީހުން އެކުގައި އުޅެނިކޮން ނަގައިފައިވާ ފޮޓޯތަކެއްވެސް ވަނީ ވައިރަލް ވެފައިއެވެ.

އެދެމީހުން ރައްޓެހި ވެގެން އުޅޭ ކަމަށް އެއްބަސް ނުވި ނަމަވެސް އެމީހުން އެއީ ދެރަހުމަތެރިން ނޫން ކަމަށް މީޑިއާއިން އަންނަނީ ބުނަމުންނެވެ. އަދި ދެމީހުން އެކުގައި ވަރަށް ގިނައިން ގައުމުން ބޭރުގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮން ވަނީ ފޮޓޯވެސް ވައިރަލް ވެފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.