އައު އަހަރު ފާހަގަ ކުރުމަށް ބޮލީވުޑްގެ ތަރިން ގައުމުން ބޭރަށް ގޮސްފައިވާ އިރުގައި އެންމެ ފަހުން ދިއަ މީހަކަށް ވަރުން ދަވަން ވާނެއެވެ. އޭނާ އަންނަނީ އަންހެނުން ނަތާޝާ ދަލާލް އާއި އެކުގައި އާ އަހަރު ފާހަގަ ކުރަމުންނެވެ.
އާ އަހަރަށް މަރުހަބާ ކިއުމަށް ވަރުން ވަނީ ވީޑިއޯ ކޮޅެއް ސޯޝަލް މީޑިއާއަށް ދޫކޮށްލައިފައއެވެ. ސުވިމިން ޕޫލްއެއްގައި ފްލޯޓިން ބެޑެއްގެ މަތީގައި ވަރަށް ބާރުމިނުގައި އޭނާ އަންނަނި ކޮން ވެއްޓޭ މި ވީޑިއޯ ކޮޅަށް ވަނީ ގިނަބައެއްގެ ސަމާލު ކަން ލިބިފައއެވެ.
އެމީހުން ޗުއްޓީ ހޭދަކުރަމުން ދަނީ ކޮން ގައުމެއްގައި ކަމެއް ނޭގެއެވެ. ނަމަވެސް އަދި ވެސް އެމީހުން އެނބުރި ގައުމަށް އެނބުރިއެއް ނާދެއެވެ. ކޮންމެ އަހަރަކުެވސް އެމީހުން އާ އަހަރު ފާހަގަ ކުރުމަށް ގައުމުން ބޭރަށް ދެއެވެ.
ވަރުން އާއި. ނަތާޝާ ކައިވެނި ކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގިނަ އަހަރުތަކެއް ފަހުން 2021 ޖެނުއަރީ 24 ގައިއެވެ. އެ ދެމީހުންނަކީ ކުޑައިރުގެ ސްވިޓްހާޓުން ކަމަށްވެއެވެ.
ކޮމެންޓު ފޮނުވާ