އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ތަފާތު ދައްކުވައި ދޭނަން: އާޒިމާ

އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ތަފާތު ދައްކުވައި ދޭނަން: އާޒިމާ

Author
ހުސެއިން
06 ޖެނުއަރީ 2024 11:15
0

މާލޭ ސިޓީގެ މޭޔަރުކަން ކާމިޔާބު ކުރެވިއްޖެނަމަ ތާފާތު ދައްކައި ދޭނެކަމުގައި ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އާޒިމާ މިހެން ވިދާޅުވީ ރައީސް މުއިއްޒުވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް މިއަދު ވިލިމާލޭގައި ބޭއްވި ކެމްޕޭން އިވެންޓުގައި ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ އޭނަގެ އިޚްލާސްތެރި އެދުމަކީ ކުރިޔަށް އޮތް މޭޔަރ އިންތިޚާބުގައި އޭނާއަށް ވޯޓުދީ، ރައީސް މުއިއްޒުގެ ތަސައްވުރު ހަގީގަތަށް ހެދުމަށް އެހީތެރި ވެދިނުމަށެވެ.

ޚިދުމަތްތެރިންނަކީ ކޮބައިކަމާއި، ޚިދުމަތުގެ އަޒުމުގައި ތިބި ބަޔަކަށް ވެރިކަމުގެ ބާރުތައް ފުރިހަމަ ގޮތުގައ ގާނޫނާއި ގަވައިދާ އެއްގޮތަށް ތަންފީޒު ކުރަން ލިބިއްޖެކަމަށް ވަންޏާ ރައްޔިތުންނަށް އުފާ ފާގަތިކަން ލިބޭނެ މިންވަރު އެއީ އަޅުގަޑުމެން ތިބޭފުޅުން ދައްކައިދިނުމަށް ހުރި އަޅުގަޑުމެންގެ އަޒުމްް. އަޅުގަޑުމެންގެ އަޒުމަކީ މިއީ، އަޅުގަޑުމެންގެ ޔަގީންކަމަކީ މިއީ. އަޅުގަޑުމެން ތިބޭނީ މިގޮތަށް ކުރިޔަށް ދިއުމަށް ތައްޔާރަށް.

މި ވިލިމާލޭގައި އޮތް ކެމްޕޭން އިވެންޓުގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ އޭނާ އަޒުމް ނުގުޑާނެ ކަމަށާއި، އަދި އޭނާ ފަހަތަށްވެސް ނުދެއްކޭނެ ކަމަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.