ބަލިވެގެން އުރްޕީ އެޑްމިޓް ކޮށްފި

ބަލިވެގެން އުރްޕީ އެޑްމިޓް ކޮށްފި

Author
ފާތިމަތު ނާވީ
05 ޖެނުއަރީ 2024 08:31
0

ކަލާސްގެ ރިއަލިޓީ ޝޯވ "ބިގްބޮސް" އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އުރްފީ ޖާވެދް އެޑްމިޓްކޮށް ފަރުވާދޭން ފަށައިފިއެވެ.

އެކަން ހަމަކުރުމުގެ ގޮތުން ސޯޝަލް މީޑިއާ އަށް އޭނާ ދޫކޮށްލި ޕޯސްޓެގައި ފެންނަނީ ހޮސްޕިޓަލް ހެދުމުގައި މާސްކެއް އަޅައިގެން އިންދައެވެ. ބައްޔާ ބެހޭގޮތުން އެއްވެސް އެއްޗެއް ނުބުނި ނަމަވެސް އޭނާ ބުނެފައިވަނީ 2024 ގެ ފެށުން ވަރަށް ފައްކާ ކަމަށެވެ.

 

އުރްފީ އަކީ ނިވާކަން ކުޑަ ގޮތަށް ހެދުން އަޅައިގެން އާންމުގެ ސަމާލުކަން ވަރަށް ބޮޑަށް ހޯދި މީހެކެވެ. އޭނާ ފަހަތުން އަބަދު ވެސް ޕަޕަރާޒީން އުޅެއެވެ. އަދި އުރްފީ ފާހަގަ ވަނީ ވެސް މީޑިއާ އާއި ވަރަށް ރަހުމަތެރި މީހެއްގެ ގޮތުގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.