ސޫރަޖް ވެސް ވެބް ސީރީޒެއް ހަދަނީ

ސޫރަޖް ވެސް ވެބް ސީރީޒެއް ހަދަނީ

Author
ފާތިމަތު ނާވީ
03 ޖެނުއަރީ 2024 03:28
0

ކާމިޔާބު ފިލްމް ތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާ މި އަހަރު ވެބް ސީރީޒެއް ގެނެސްދޭން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސޫރަޖް ވެބް ސީރީޒް އެއް ގެނެސްދޭން ނިންމި ނަމަވެސް މިކަމާއި ބެހޭގޮތުން މާގިނަ މައުލޫމާތެއް މީޑިއާއަށް ހިއްސާ ކޮށްފައިއެއް ނުވެއެވެ. ބައެއް ނޫސްތަކުން ބުނާގޮތުގައި މި ސީރީޒް ގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

މިއީ ސޮނީ ޓީވީގެ ސްޓްރީމިން ޕްލެޓްފޯމް ސޮނީ ލިވް އަށް ހަދާ އެއްޗެއް ކަމަށްވެއެވެ. އަދި މި ވެބް ސީރީޒް މިއަހަރުގެ ފަހުކޮޅުގައި ބެލުންތެރިނަށް ދޫކޮށްލާނެ ކަމަށް ވެއެވެ.

މި ވެބް ސީރިޒް އަކީ ކޮންކަހަލަ ޖޯންރާއެއްގެ އެއްޗެއް ކަމެއް ނޭގުނު ނަމަވެސް އޭނާ އަކީ  އާއިލީ ލޯބީގެ ފިލްމުތައް ގެނެސްދީގެން އާންމުންގެ ލޯބި ހޯދި ޑައިރެކްޓަރެކެވެ.

އޭނަގެ އެންމެ ފުރަތަމަ ފިލްމަކީ ސަލްމާން ޚާން ސުޕަސްޓާރަކަށް ހަދައިދިން 1989 ގެ "މޭނޭ ޕިޔާރު ކިޔާ" އެވެ. އެންމެ ފަހުން އޭނާ ގެނެސިން ފިލްމް އަކީ މިދިއަ އަހަރުގެ ފިލްމް "އޫޗާއީ"އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.