ރަންބީރާއި އެކުގައި މަސައްކަތް ކޮށްލަން ވަރަށް ބޭނުން: ޝެހެނާޒް

ރަންބީރާއި އެކުގައި މަސައްކަތް ކޮށްލަން ވަރަށް ބޭނުން: ޝެހެނާޒް

Author
ފާތިމަތު ނާވީ
03 ޖެނުއަރީ 2024 03:56
0

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި އާލިއާ ބަޓްގެ ފިރިމީހާ ރަންބީރު ކަޕޫރު އާއި އެކުގައި މަސައްކަތްކޮށްލަން ވަރަށް ބޭނުންވާ ކަމަށް ބަތަލާ ޝެހެނާޒް ގިލް (ސަނާ) ބުނެފި އެވެ.

ކަލާސް ޓީވީގެ ރިއަލިޓީ ޝޯ، "ބިގް ބޮސް" ސީޒަން 13 އިން އާންމުންގެ ސަމާލުކަން ހޯދި ބަތަލާ ވަނީ މިހާރު ބައެއް ފިލްމް ތަށް ވެސް ކުޅެފައިއެވެ. އެންމެ ފަހުން އޭނާ ފެނިގެންދިއައީ މިދިއަ އަހަރު ގެނެސްދިން ފިލްމް "ތެންކިޔު ފޯ ކަމިން" އިންނެވެ.

މި ފަހުން މީޑިއާއާއި ވާހަކަ ދައްކަމުން ޝެހެނާޒް ބުނީ މަޝްހޫރު ހުރިހާ އެކްޓަރުންނާއި އެކުގައިވެސް މަސައްކަތް ކުރަން ބޭނުން ވާކަމަށާއި ނަމަވެސް އެންމެ ބޮޑަށް ބޭނުން ވަނީ ރަންބީރު ކަޕޫރު އާއި އެކުގައި މަސައްކަތް ކޮށްލަން ކަމަށެވެ.

 

View this post on Instagram

 

A post shared by Shehnaaz Gill (@shehnaazgill)

ސަނާ، 29، ބުނީ މަޝްހޫރު ބަތަލާ އާލިއާ ބަޓްގެ ފިރިމީހާ ރަންބީރަކީ އަބަދު ވެސް ވަރަށް ބޮޑު ފެވަރިޓެއް ކަމަށާއި އޭނަގެ މަސައްކަތްތައް ވަރަށް ކަމުދާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.