އެމްޑީއޭގެ ރައީސް ސިޔާމްގެ ބައްޕާފުޅު ނިޔާވެއްޖެ

އެމްޑީއޭގެ ރައީސް ސިޔާމްގެ ބައްޕާފުޅު ނިޔާވެއްޖެ

Author
ހުސެއިން
03 ޖެނުއަރީ 2024 09:56
0

ރައްޔިތުން މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައަންސް އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދުގެ ބައްޕާފުޅު މުޙައްމަދު ޤާސިމް އަވަހާރަވެއްޖެއެވެ.

ނ. ކުޑަފަރިއަށް ނިސްބަތްވާ ޤާސިމް އަވަހާރަވީ މިއަދު ފަތިހުގެ ވަގުތެއްގައި،އުމުރުން 81 އަހަރުގައެވެ. އަވަހާރަވިއިރު ޤާސިމްއަށް ދިޔައީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ޤާސިމް މާލެ ގެނެވުނީ ރަށުގައިހުންނަވަނިކޮށް އާލާސްކަންފުޅަކާ ކުރިމަތިވުމުން ފަރުވާއަށެވެ.

އަވަހާރަވިއިރު ޤާސިމްގެ 9 ބޭފުޅުން ތިއްބަވައެވެ. އެންމެ ދޮށީ ސިޔާމްއެވެ.

ޤާސިމްވަނީ، ކުޑަފަރީގެ ކަތީބުކަމާއި، ނ. ކުޑަފަރި މަދަރުސާގެ ނާޒިރުކަން ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.