އެސްވާޓީނީގެ ބޮޑުވަޒީރު އަވަހާރަވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާ

އެސްވާޓީނީގެ ބޮޑުވަޒީރު އަވަހާރަވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާ

Author
މުޙައްމަދު ޖިމީ
14 ޑިސެމްބަރ 2020 04:01
0

ކިންގްޑަމް އޮފް އެސްވާޓީނީގެ ބޮޑުވަޒީރު އެމްބްރޯސް މަންޑްވުލޯ ޑްލަމިނީ އަވަހާރަވުމާ ގުޅިގެން އެސްވާޓީނީގެ އެސްވާޓީނީގެ ރަސްގެފާނު މްސްވަޓީ IIIއަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ބޮޑުވަޒީރު އެމްބްރޯސް މަންޑްވުލޯ ޑްލަމިނީ އަވާހަރަވުމުގެ ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމުގައި ވިދާޅުވެ، އެސްވާޓީނީގެ ތަރައްޤީއާއި ހަމަޖެހުމަށް ބޮޑުވަޒީޒު ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްޕުޅު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެސްވާޓީނީގެ ބޮޑުވަޒީރު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެސްވާޓީނީގެ ރަސްގެފާނަށާއި، ރައްޔިތުންނަށާއި، ޚާއްޞަކޮށް ބޮޑުވަޒީރުގެ ޢާއިލާގެ ބޭފުޅުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.