ދީޕިކާ 2024 ފެށީ ކަނޑުމަތިން

ދީޕިކާ 2024 ފެށީ ކަނޑުމަތިން

Author
ފާތިމަތު ނާވީ
02 ޖެނުއަރީ 2024 01:56
0

ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެއް ބަތަލާ ދީޕިކާ ޕަދުކޯން ޗުއްޓީ ހޭދަކުރަމުން އަނަނީ ކޮންތަނެއްގައި ކަމެއް ވަނި ސިއްރު ކޮށްފައިއެވެ. ނަމަވެއް އޭނާ އަންނަނީ ސޯޝަލް މީޑިއާގައި ފޮޓޯ ތަށް ހިއްސާ ކުރަމުނެނެވެ.

ފިރިމީހާ ރަންވީރު ސިންގް ނުލައި ދީޕިކާ އައު އަހަރު ފާހަގަ ކުރަމުން އަންނަ އިރުގައި އައު އަހަރަށް މަރުހަބާ ކިޔައި އޭނާ ވަނީ ސޯޝަލް މީޑިއާގަައި ޕޯސްޓެއް ކޮށްފައިއެވެ. މެޖިކަލް އަހަރެއްގެ ގޮތުގައި ސިފަކޮށް އޭނާ ކޮށްފައިވާ ޕޯސްޓުގައި ފެނިގެންދަނީ ކަނޑުމައްޗެވެ.

މިދިއަ އަހަރަކީ ދީޕިކާ އަށް ވަރަށް ކާމިޔާބު އަހަރެކެވެ. މި އަހަރު ދީޕިކާ ފެނިގެންދިއައީ ދެ ފިލްމް އަކުންނެވެ. އެއީ "ޖަވާން" އާއި "ޕަޓާން" އެވެ. މި ދެ ފިލްމް އަކީ މިދިއަ އަހަރު އެންމެ ކާމިޔާބު ދެ ފިލްމްއެވެ.

މިއަހަރުވެސް ދީޕިކާ ފެނިގެންދާނެ ފިލްމް ތަކަކީ "ފައިޓާ" އާއި "ކަލްކީ އަދި ސިންގަމް އަގައިންއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.