ރަކުލް ގެ ކައިވެނި ފެބްރުއަރީގައި

ރަކުލް ގެ ކައިވެނި ފެބްރުއަރީގައި

Author
ފާތިމަތު ނާވީ
02 ޖެނުއަރީ 2024 07:02
0

ސައުތުގެ މަޝްހޫރު ބަތަލާ ރަކުލް ޕްރީތް ސިންގް އާއި ލޯބިވެރިއާ އެކްޓަރު ޖެކީ ބަގްނާނީ އަންނަ މަހު ކައިވެނި ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސައުތުގެ އިތުރުން ބޮލީވުޑްގެ ފިލްމް ތަކުންވެސް ފެނިގެންދާ ބަތަލާ އާއި ޖެކީގެ ކައިވެނި އޮންނާނީ އަންނަ ފެބުރުއަރީ މަހުގެ 22 ވަނަ ދުވަހުގައި ކަމަށް ހަބަރުތަށް އަންނަނީ ބުނަމުންނެވެ.

ދެ ލޯބިވެރިން މިވަގުތު ތިބީ އައު އަހަރު ފާހަގަ ކުރުމަށް ގައުމުން ބޭރުގައިއެވެ. ނަމަވެސް އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ގައުމެއްގައި ކަމެއް ހާމަ ކޮށްފައިއެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Rakul Singh (@rakulpreet)

ވަރަށް ކުލަގަދަކޮށް ކައިވެނީގެ ހަފުލާ ބާއްވާނީ ގޯއާގައި ކަމަށް މީޑިއާތަކުން ބުންޏެވެ. ރަކުލް، 33، އާއި ޖެކީ، 39، ރައްޓެހިވެގެން އުޅޭކަން އިއުލާންކުރީ 2021 ގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.