އާމިރު ހާން ގެ ދަރިފުޅުގެ ކައިވެނީގެ ރަސްމިއްޔާތުތަށް ފަށައިފި

އާމިރު ހާން ގެ ދަރިފުޅުގެ ކައިވެނީގެ ރަސްމިއްޔާތުތަށް ފަށައިފި

Author
ފާތިމަތު ނާވީ
02 ޖެނުއަރީ 2024 06:31
0

ބޮލީވުޑްގެ ސްޕަސްޓާރު އާމިރު ހާންގެ އަންހެން ދަރިފުޅު އިރާ ހާން އާއި ލޯބިވެރިއާ ނުޕޫރް ޝެއިކަރް ގެ ކައިވެނީގެ ރަސްމިއްޔާތު ތަށް ފަށައިފިއެވެ.

މި ކައިވެނި ވެގެން ދާނީ އަހަރުގެ ބޮލީވުޑްގެ ފުރަތަމަ ކައިވެންޏަށެވެ. މިކައިވެނީގެ ހަލްދީ ސެރޮމަނީ މިހާރު ފަށައިފައި ވާއިރުގައި މި ކަިއވެނި ކުރެވިގެންދާނީ މި މަހުގެ 3 ވާ ބުދަ ދުވަހުގައިއެވެ.

އިރާ އާއި ނުޕުރު ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ވަނީ ދުވަސްތަކެއް ވެފައިއެވެ. އެމީހުން އުޅެމުން އަންނަނީ ވެސް ލިވިންގ ރިލޭޝަންޝިޕްއެއްގައިއެވެ. އަދި މި ކައިވެނި މިއަހަރު އޮންނާނެ ކަމަށް ކުރިންވެސް ވަނީ އިއުލާން ކޮށްފައިއެވެ.

ކައިވެނީގެ ރަސްމިއްޔާތު ތަށް ކުރިއަށް ދާއިރުގައި މި ރަސްމިއްޔާތު ތަކުން އިރާގެ މަންމަ ރީނާ އާއި އާމިރުގެ ކުރީގެ އަންހެނުން ކިރަން ވަނީ އެކުގައި ފެނިގެން ގޮސްފައިއެވެ.

 

View this post on Instagram

 

A post shared by HT City (@htcity)

މި ކައިވެންޏަށް މިހާރު ވަނީ ތަން ޒީނަތްތެރިކޮށް ބޮކިފަތި ދަމާ ހަފްލާގައި ބައިވެރިވާ މީހުން އެއްތަން ވެފައިއެވެ. ގޭގައި ބޮކިފަތިލައި މުޅިގެ ވަނީ ދިއްލައިލައި ޒީނަތްތެރި ކޮށްފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.