މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި 6 ރަށަކަށް ގެއްލުން ވެއްޖެ، ބައެއް ގެތަކުން މީހުން ބަލުކުރަން ޖެހިއްޖެ

މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި 6 ރަށަކަށް ގެއްލުން ވެއްޖެ، ބައެއް ގެތަކުން މީހުން ބަލުކުރަން ޖެހިއްޖެ

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ފ. ނިލަންދޫ، ކ.ގުރައިދޫ، ލ.ގަން އަދި ފޮނަދޫ އާއި ސ.މަރަދޫއިން ވަނީ އެރަށްރަށުގައި އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމުގެ ރިޕޯޓުތައް ލިބިފައިވާކަމަށް ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް ސެންޓަރ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނެފައިވަނީ އޭގެ އިތުރުން، ކ. ގުރައިދޫ ގެ 20 ގެއެއްގައި ފެންބޮޑުވެ 3 ގެއަކުން އެހެން ތަންތަނަށް ބަދަލުވެފައިވާކަމުގައެވެ.

އެންޑީއެމްއޭއިން އިތުރަށް ބުނެފައިވަނީ، ފެން ބޮޑުވުމުގެ ހާދިސާތަކަށް އިޖާބަ ދިނުމުގެ މަސައްކަތް ސިފައިންނާއި، ފުލުހުން އަދި ކައުންސިލްތައް ގުޅިގެން އަންނަނީ ކުރަމުން ކަމުގައެވެ. އޭގެ އިތުރުންވެސް މާލޭގެ ބައެއްގޭގައި ފެންބޮޑުވެފައިވާތީ ވެލި ބަސްތާޖެހުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ އެހީތެރިކަމާއިއެކު ކުރަމުންދާކަމަށްވެސް ބުނެފައި ވެއެވެ.
އެންޑީއެމްއޭއިން ބުނެފައިވަނީ، ބޯކޮށް ވާރޭ ވެހުމާއެކު ގުގުރައި އަދި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ނިމުތުކޮށް، އެމް.އެމް. އެސް އިން ވަނީ ނ. އަތޮޅުން ވ. އަތޮޅަށް ރީނދޫ އިންޒާރު ނެރެފައި ކަމަށާއި، ވިއްސާރައިގެ ސަބަބުން ލިބިދާނޭ ގެއްލުން ކުޑަކުރުމަށް ދުރާލާ ފިޔަވަޅުއެޅުއްވުމަށް އިލްތިމާސްކުރާ ކަމުގައެވެ.

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި މިއަދުގެ މެންދުރު 1:30 އާ ހަމައަށް މޫސުމާ ބެހޭ އިދާރާ އިން ވަނީ ހުދު އެލާޓެއް ނެރެފައެވެ.

މެޓް އޮފީހުން ބުނީ، މިއަދުގެ ހެނދުނު 7:30 އިން މެންދުރު 1:30 އާ ހަމައަށް މުޅި ރާއްޖެ އަށް ހުދު އެލާޓެއް ނެރެފައިވާ ކަމަށެވެ.

މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ މުޅި ރާއްޖެ އަށް ވެސް މެންދުރު 1:30 ވަންދެން ގުގުރާ ބޯކޮށް ވާރޭ ވެހޭނެކަމުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން އޮފީހުން ލަފާކޮށްފައި ވެއެވެ.

މި ދުވަސްވަރަކީ ޚާއްސަކޮށް ރާއްޖޭގެ ދެކުނަށް ވަރަށްބޮޑަށް ވިއްސާކުރަމުންދާ ދުވަސްވަރެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *