އާލިއާގެ ބަދަލުގައި "ދުލްހަނިޔާ" އަށް އައު ބަތަލާއެއް

އާލިއާގެ ބަދަލުގައި "ދުލްހަނިޔާ" އަށް އައު ބަތަލާއެއް

Author
ފާތިމަތު ނާވީ
01 ޖެނުއަރީ 2024 09:52
0

އާލިއާ ބަޓާއި ވަރޫން ދަވަންގެ ކާމިޔާބު ފްރެންޗައިޒް "ދުލްހަނިޔާ"ގެ ތިންވަނަ ފިލްމް ގެ ބަތަލާ އަކީ އާލިއާ ނޫން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފިލްމް އިން އާލިއާ ގެ ބަދަލުގައި އައު ބަތަލާއެއް ފެނިގެންދާނެ ކަމަށް ވަނީ ބުނެފައިއެވެ. އަދި އެކަން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށްވެސް ވަނީ ބުނެފައިއެވެ.

މި ފިލްމް އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދޭ ފިލްމްއެކެވެ. އަދި ދަރްމާ އިން އައު އަހަރަށް ހުރި ފިލްމް ތަށް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ވެސް މީޑިއާއިން ވަނީ ބުނެފައިއެވެ. އެއާއި އެކުގައި މި ފިލްމް ވެސް އިއުލާން ކުރާނެ ކަމަށްވެއެވެ.

އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުން، އާލިއާ ނުލައި "ދުލްހަނިޔާ" ގެ ތިން ވަނަ ބައި ހަދަން ނިންމި އިރު، މި އަހަރު ފިލްމީ ދާއިރާ އަށް ގިނަ އަދަދެއްގެ ސްޓާކިޑުންތަކެއް ނިކުމެފައިއެވެ.

"ދުލްހަނިޔާ" ފްރެންޗައިޒަކީ ޑައިރެކްޓަރު ޝިޝާންކް ކައިތާން ލިޔެ، ޑައިރެކްޓްކޮށް ގެނެސްދޭ އެއްޗެކެވެ. މީގެ ފުރަތަމަ ބައި "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" ގެނެސްދިނީ 2014 ގަ އެވެ. އަދި "ބަދުރީނާތު ކީ ދުލްހަނިޔާ" ގެނެސްދިނީ 2017 ގަ އެވެ. މި ދެ ފިލްމު ވެސް ވަރަށް ކާމިޔާބެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.