ވަރުބަލިކަމެއް ނެތި ޢާޒިމާ ދޮރުން ދޮރަށް!

ވަރުބަލިކަމެއް ނެތި ޢާޒިމާ ދޮރުން ދޮރަށް!

Author
އައިޝަތު އަޙްމަދު
30 ޑިސެމްބަރ 2023 11:12
0

މާލޭގެ މޭޔަރުކަމަށް ކޮންގްރެސް ޕާޓީން ވާދަކުރާ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝަކޫރު ދޮރުން ދޮރަށް ހިންގަވައި ކެމްޕެއިން ވަރުގަދަ ކޮށްފިއެވެ. އާޒިމާ ގެންދަވަނީ ސަރުކާރުގެ ވަޒީރުންނާއެކު ޑޯޓުޑޯ ނުވަތަ ދޮރުން ދޮރަށް ވަޑައިގެން ރައްޔިތުންނަށް ބޭނުންވާ ކަންކަން އޮޅުން ފިލުއްވަމުންނެވެ.

އެއްވެސް ވަރުބަލިކަމެއް ނެތި ކުރިއަށްގެންދާ މި ކެމްޕެއިން ހަރަކާތުގައި އާޒިމާ ވަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ގާތުން އައްސަވާ މާލޭގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

އާޒިމާގެ ކެމްޕެއިންގައި ދައުލަތުގެ ވަޒީރުންވެސް ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ޢާޒިމާ ގެންދަވަނީމާލެއާމެދު ފުރިހަމަ ތަސައްވުރެ ހާމަކުރައްވަމުންނެވެ. ސަރުކާރާއި ގުޅިގެން މާލެއަށް ގެންނަވާނެ ބޮޑު ބަދަލު އެކަމަނާ ދަނީ ރައްޔިތުންނާ ހިއްސާކުރައްވަމުންނެވެ.

މާލޭ ސިޓީ ތަރައްގީ ކުރުމަށް ގެންގުޅުއްވާ ވިސްނުން އާންމު ރައްޔިތުންނަށް ހުށަހަޅުއްވައި ދެއްވަމުން އާޒިމާ ވިދާޅުވެފައިވަނީ މިއަދުގެ މި ހާލަތުގައި، މާލޭގެ މޭޔަރު ކަމުގައި ހުންނެވި ތައުލީލީ އަދި ގާބިލު ބޭފުޅަކު ގައުމުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވާ ވަގުތު، އެމަނިކުފާނުގެ ގައުމީ ވިސްނުންފުޅުތަކާއެކު މާލޭގައި ހުރި ބޮޑެތި މައްސަލަތައްވެސް ހައްލުކޮށް މާލޭއަކީ ހަގީގީ މާނަގައިގާ ދިވެހިރާއްޖޭގައި ވެރިރަށުގެ ގޮތުގައި ތަރައްގީ ކުރެވޭނެ ގާބިލު، ކަމަށް އެކަށޭނެ ތެދުވެރި ދިވެހި ދަރިއަކު މޭޔަރުކަމުގެ މަގާމަށް އިސްކުރުމަކީ ގްރޭޓަރ މާލޭގެ ތަރައްގީއަށާއި ރާއްޖެއަށް އެންމެ ފައިދާހުރި ގޮތްކަމުގައި ވާނެ ކަމުގައެވެ.

އާޒިމާ އެދިލައްވަނީ އޭނާއާއެކު އަތުގުޅާލައްވައި އެންމެން އެކުގައި މިމަގުސަދު ހާސިލް ކުރުމަށް ނިކުންނެވުމަށެވެ.

މޭޔަރުގެ ގޮނޑިއަށް ބޭފުޅަކު އިންތިހާބު ކުރުމަށާއި ހުސްވެފައިވާ ތިން ދާއިރާ އަށް ބޭފުޅުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ އަންނަ މަހުގެ 13 ގައެވެ.

މާލޭގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. އަދި ތިން ކައުންސިލަރަކު އިސްތިއުފާ ދެއްވާފައި ވަނީ ސަރުކާރުގެ އެކިއެކި މަގާމުތަކަށް ވަޑައިގަތުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.